ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުހިންމީ އިންޑިއާގެ ސިފައިން ރާއްޖެއިން ފޮނުވާލުން، އެކަން ކާމިޔާބު ވާނެ: ސަރުކާރު

މިޝަން ދޯސްތީގެ ތަމްރީނުތަކުގެ ތެރެއިން/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ފޮނުވާލުމުގެ މައްސަލައިގައި ކުރިއެރުންތަކެއް ލިބިފައިވާކަމަށާއި، މިހާތަނަށް އައިއިރު ކުރެވުނު މަޝްވަރާތައް ކާމިޔާބުކަމަށް ސަރުކާރުން ބުނެފި އެވެ.

ކެބިނެޓު ބައްދަލުވުމުގައި މަޝްވަރާކޮށް، ނިންމާ ނިންމުންތަކާއި ގުޅޭ ގޮތުން މައުލޫމާތުތައް ހާމަކުރުމަށް ކޮންމެ ހަފްތާއަކު ވެސް ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަ އެވެ. މެނިފެސްޓޯގައި ހިމެނޭ ރައްޔިތުންނާއި ގުޅުން ހުރި މުހިންމު ނިންމުންތައް، މިދިޔަ ދެ ހަފްތާގެ ތެރޭގައި ނިންމައި އެކަން މީޑިއާތަކާއި ހިއްސާ ކުރި އެވެ.

ރައީސް އޮފީހުން އެ ބައްދަލުވުމުގެ އިތުރަށް ބާއްވާ އެހެން ޕްރެސްތައް ހިމެނޭހެން އެންމެ އާންމު ސުވާލަކީ ރާއްޖެއިން އިންޑިއާގެ ސިފައިން ފޮނުވާލުމުގެ މަސައްކަތް ގޮސްފައިވަނީ ކިހާ ހިސާބަކަށް ތޯ އެވެ. އަދި ޖުމްލަ އަދަދު ދެނެގަނެވިފައި ނުވާތީ އެކަމާއި ގުޅޭގޮތުން ވެސް ސުވާލުތައް އަމާޒުވެފައި ވެއެވެ.

މިއަދުގެ ޕްރެސްގައި، ޕްރިންސިޕަލް ޓު ދި ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް ވިދާޅުވީ ރާއްޖޭގެ އެތައް ރައްޔިތުންގެ ކަންބޮޑުވުން އިންޑިއާގެ ސިފައިންނާއި ގުޅިފައިވާކަމަށެވެ. މިއީ ރާއްޖޭގެ މިނިވަންކަމާ ގުޅިފައިވާކަމަށްވާއިރު ނާޒިމް ވިދާޅުވީ ވެރިކަމަށް ވަޑައިގެންނެވި ދުވަހުން ފެށިގެން ރައީސް މުއިއްޒު ވަނީ ތަފާތު އެކި މަރުހަލާތަކުގައި މަޝްވަރާތައް ކުރައްވާފައި ކަމަށެވެ. އަދި މިހާތަނަށް އައިއިރު އެކި ލެވެލްތަކުގައި ދިހަ ބައްދަލުވުމެއް ބޭއްވުނުކަމަށް ނާޒިމް ވިދާޅުވި އެވެ.

ރައީސް ވެރިކަމަށް ވަޑައިގެންނެވި ފުރަތަމަ ދުވަހުން ފެށިގެން ތަފާތު އެކި މަރުހަލާތަކުގައި ތަފާތު މަޝްވަރާތައް ފެށި ސަރުކާރުގެ އެކި ލެވެލްތަކުގައި 10 ބައްދަލުވުމެއް ބޭއްވުނު.. ކުރިޔަށް ވެސް މުހިންމު ބައްދަލުވުންތައް އެބަހުރި ރޭވިފައި.. މަސައްކަތްތައް ދަނީ ކުރިޔަށް.. ދިވެހި ރައްޔިތުން އެކަމަށް ނާއުންމީދު ނުވުމަކީ ސަރުކާރުގެ އެދުން..

ކުރިޔަށް އިތުރު ބައްދަލުވުންތަކެއް ރޭވިފައިވާކަމަށް ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ، ރައީސް ގަބޫލު ކުރައްވާ ގޮތުން ކުރިއެރުންތައް ދަނީ ލިބެމުންނެވެ.

މިއަދު ވެސް ނާޒިމް ވިދާޅުވީ ރާއްޖޭގައި ތިބިކަމަށް ކަށަވަރު ކުރެވޭ ސިފައިންގެ 88 އަރާކަމަށާއި، އެކަމަކު އަދަދުތަކަށް ވުރެ އެ މީހުން މި ގައުމުން ފޮނުވާލުން މާ މުހިންމުކަމަށެވެ.

އެންމެ ފަހުން ހާމަކުރި މައުލޫމާތުތަކުން ދައްކަނީ، ރާއްޖޭގައި ތިބީ 88 ސިފައިން.. މީގަ މުހިންމީ އަދަދުތަކަށް ވުރެ ތިބިއްޔާ ތިބިހާ ބަޔަކު ފޮނުވާލުން.. އެކަން ރައްޔިތުންނަށް ކަށަވަރު ވުން

ދިވެހި ސަރުކާރާއި އެކު ވެފައިވާ އެއްބަސްވުންތަކުގެ ދަށުން ރާއްޖޭގައި އިންޑިއާގެ ސިފައިން ގާއިމުވެތިބުމަށް ފުރުސަތު ލިބޭކަމަށް ބުނެ އެކަމާއި ދެކޮޅަށް އެންމެ ބޮޑަށް އަޑުއުލީ ޕީޕީއެމް/ޕީއެންސީ އެވެ. ރިޔާސީ އިންތިހާބުގެ އެންމެ ބޮޑު ރިޔާސީ ވައުދު ފުއްދާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވައި ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހު އެކަމުގެ ބައެއް ރަސްމީ ބައްދަލުވުންތައް ރައީސް ކުރިޔަށް ގެންދެވި އެވެ.

މިހާތަނަށް އައިއިރު ކުރެވިފައިވާ މަޝްވަރާތަކާއި، އަދި މަސައްކަތް ދިޔަ ހިސާބަކީ ކޮބައިތޯ ސުވާލު އުފައްދާތީ ރައީސް ވަނީ ތަކުރާރުކޮށް އިންޑިއާގެ ސިފައިން ރާއްޖެއިން ފޮނުވާލެވޭނެކަމަށް ވިދާޅުވެފަ އެވެ. ރައީސް މުއިއްޒު ވިދާޅުވީ، ޑިމޮކްރަސީގެ ނިޒާމު ދަސްކޮށް ދެނީ ރައްޔިތުން ގޮތް ނިންމުމުން ދެން މަސައްކަތައިގެން ކުރިޔަށް ގެންދިއުމަށް ޖާގަ ދިނުމަށް ކަމަށެވެ. އިންޑިއާގެ ސިފައިންނާއި، އެއްވެސް ގައުމެއްގެ ސިފައިން ނުވަތަ ބޭރުގެ އެއްވެސް ބައެއްގެ ނުފޫޒެއް މި ގައުމުގައި އޮތުމަށް ބޭނުން ނުވާކަމަށް ދިވެހި ރައްޔިތުން ނިންމީ ހިތުގެ އެންމެ އަޑިން އެކަން ގަބޫލު ކުރާތީކަމަށް ރައީސް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ހޫން. އެނގޭ ތިކަން. މަގުމަތިން ދިމާވާ އިންޑިއާ ރައްޔިތުންނާ ވެސް ބައްދަލުކުރައްވާފަ ސިފައިން ބާލާ ވާހަކަ ދައްކަން ވާނެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: