ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްރާއިލް އިން ފައްސިވީ މީހުންގެ އަދަދު ލައްކައަކަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް އިސްރާއިލް އިން ފައްސިވީ މީހުންގެ އަދަދު ލައްކައަކަށްވުރެ މައްޗަށް އަރައިފި އެވެ.

އެޤައުމުން މި ބަލި ޖެހުނު މީހުންގެ އަދަދު ލައްކައަކަށް އަރާފައި މިވަނީ، އިއްޔެވެސް އިތުރު ގިނަ އަދަދެއްގެ ބަޔަކު ފައްސިވުމާއި ގުޅިގެންނެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އިސްރާއިލް އިން އިއްޔެ އެކަނިވެސް އިތުރު 1,200 އަށްވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހުނު ކަމަށް ރެކޯޑް ކުރެވިފައި ވެއެވެ. މިއާއެކު އެޤައުމުން މި ބައްޔަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 101,933 އަށް އަރާފައެވެ.

ކޮވިޑް-19 ގެ ނުރައްކާ އިސްރާއިލް އަށް ދުވަހެއް ދުވަހަކަށް ބޮޑުވަމުން އަންނައިރު، އެޤައުމުން މި ބަލީގައި މަރުވާ މީހުންގެ އަދަދު ވެސް އަންނަނީ އިތުރު ވަމުންނެވެ. މިގޮތުން އިއްޔެ އިތުރު 10 މީހަކު ހިމެނޭހެން މިހާތަނަށް އެޤައުމުން ޖުމްލަ 819 މީހަކު ވަނީ މަރުވެފައެވެ.

އިސްރާއިލް އަކީ މިވަގުތު ދުނިޔެއިން 30 ވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވީ ޤައުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: