ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ. މައުސޫމަށް އަލުން ރުހުން ދޭން ކޮޮމިޓީން ފާސްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމަށް އަނެއްކާވެސް ރުހުންދޭން މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން އިއްޔެ ފާސްކޮށްފިއެވެ.

މައުސޫމަށް ރުހުން ދޭން ކޮމިޓީން ފާސްކުރުމަށްފަހު މިދިޔަ ހަފްތާގައި އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ވެސް ފޮނުވި ނަމަވެސް މަޖިލީހުގެ ތަޅުމުން އެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވާލަން ނިންމީ ވަޒީރުކަމުގެ ހުވާ ކުރެއްވިއިރު އަމިއްލަ ކުންފުންޏެއް ހިންގުމުގައި އޭނާ ހުންނެވުމާ ގުޅިގެންނެވެ. މައުސޫމް އެ ކުންފުނިން އިސްތިއުފާ ދެއްވީ މަގާމުގެ ހުވާ ކުރެއްވުމަށްފަހުއެވެ.

އެގޮތުން މަޖިލީހުގެ މެމްބަރުން ވަނީ ވަޒީރުކަމުގެ މަގާމާއި ހަވާލުވުމުގެ ކުރިން އެފަދަ މަގާމުތަކުން އިސްތިއުފާ ދެއްވަންޖެހޭނެ ކަމަށާއި މަގާމާއި ހަވާލުވުމަށްފަހު ދެން އިސްތިއުފާ ދެއްވުމުން މައުސޫމްގެ ހުވަޔާ މެދު ސުވާލު އުފެދޭ ކަމަށް ވިދާޅުވެފައެވެ.

ޓޫރިޒަމް މިނިސްޓަރު ކަމަށް މައުސޫމް އައްޔަން ކުރެއްވީ އެ މަގާމުގައި ކުރިން ހުންނެވި އަލީ ވަހީދު އެ މަގާމުން މިދިޔަ ޖުލައި މަހު ވަކި ކުރެއްވުމުންނެެވެ. އަލީ ވަހީދު ވަކި ކުރެއްވީ ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއްގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: