ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގދ. ތިނަދޫ އާންމު ހާލަތަށް ގެނެސްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ގދ. ތިނަދޫ މޮނީޓަރިންގެ ހާލަތު އުވާލާ، އާންމު ހާލަތަށް ގެނެސްފިއެވެ.

މޮނީޓަރިންގެ ޙާލަތުން ތިނަދޫ ނަގާ، އާއްމު ޙާލަތައް އެރަށް ގެނެސްފައިވަނީ މިއަދު ހެނދުނު އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިކަމާއި ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތިނަދޫ މޮނީޓަރިންގެ ހާލަތުން އާންމު ހާލަތަށް ގެނައީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ކޮވިޑް 19 އިން ރައްކާތެރިވުމަށް ބަލަން ކަނޑައެޅި ކަންކަމަށް ބެލުމުން، އެރަށް މޮނީޓަރިންގެ ހާލަތުގައި ބާއްވާނެ އިތުރު ސަބަބެއް މިވަގުތު ނެތުމުން ކަމަށެވެ.

ހޮނިހިރު ދުވަހު ތިނަދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އެރަށުން މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. ތިނަދޫން ޕޮޒިޓިވްވެފައި ވަނީ މާލެ ދަތުރުކުރާ ބޯޓެއްގައި އުޅޭ މީހެކެވެ. އެބޯޓުގައި މަސައްކަތް ކުރާ ބަންގްލަދޭޝް މީހަކުވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ފުރަތަމަ ތިނަދޫން ޕޮޒިޓިވްވި މީހާގެ ކޭސްއާ ގުޅިގެން މިހާތަނަށް 41 މީހަކު ގޭގައި އެކަހެރިވުމަށް އަންގާފައިވާ ކަމަށް މީގެ ކުރިން އެޗްޕީއޭއިން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: