ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ މިނިވަންކަމާއި ތަނަވަސްކަން ގުޅިފައިވަނީ އިންޑިއާއާ: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު. ފޮޓޯ: އަވަސް އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ މިނިވަންކަމާއި ތަނަވަސްކަން ގުޅިފައިވަނީ އަވައްޓެރި އިންޑިއާއާއި ކަމަށް ދޭހަވާފަދަ އިބާރާތަކުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހަންމަދު ނަޝީދު ޓުވީޓެއް ކުރައްވައިފިއެވެ.

ނަޝީދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ދިވެހި ރާއްޖެއާއި އިންޑިއާގެ ގުޅުމަކީ ޒަމަންވީ ގުޅުމެއްކަމަށާއި ރާޢްޖޭގެ މިނިވަންކަން ދެމެހެއްޓިފައި މިވަނީ އަދި ދިވެހިންގެ ތަނަވަސްކަން ހޯދޭނީވެސް އެގުޅުން ވިސްނުންތެރިކަމާޢެކު ގެންގުޅެގެންކަމަށެވެ.

އިތުރަށް ނަޝީދު ވިދާޅުވީ ރައީސް އިބްރާހީމް މުހަންމަދު ސޯލިހްް އާއި އެމްޑީޕީގެ ވަޒީރުން އެކަން ކުރައްވާނެކަމީ އެމަނިކުފާނުގެ ހިތުގައި ސައްކެއްވެސް އޮތް ކަމެއް ނޫން ކަމަށެވެ.

ރައީސް ނަޝީދު މިފަދައިން ޓުވީޓުކުރައްވާފައިވާ އިރު ގައުމު އިންޑީއާއަށް ވިއްކާލާ ކަމުގައި ތުހުމަތުކޮށް ގިނަ ބަޔަކުދަނީ ” އިންޑިއާ އައުޓް” ގެ ނަމުގައި ސޯސަލް މީޑިއާގައި އަޑުއުފުލަމުންނެވެ.

ރައީސް ނަޝީދާއި އިންޑިއާއާއި އޮންނަ ގުޅުމުގެ ސަބަބުން އެހެން ގައުމުތަކާއި ދިވެހި ރާއްޖެއާއި ދެމެދުގައި އޮންނަ ގުޅުން ވަރަށް ބޮޑަށް ހީނަރުވާކަމަށް ގިނަ ބަޔަކު ފާހަގަކުރެއެވެ. ހާއްސަ ގޮތެއްގައި ޗައިނާއާއި ރާއްޖެއާއި ދެމެދުގައި އޮތް ޒަމާންވީ ގުޅުން ހީނަރުވާކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އިނޑިޔާދެކެ ރުޅިއަރަނީ ހުސް ފަޑުއްކަ! ސްކޫލަށްވެސް ނުދާ، ދިޔަޔަސް އިންޓޯލުފަހުން ދާނީ އޭރު ޓީޗަރުދެކެ އައި ރުޅި އަދިވެސް. ކަލާ ކަނީ އިންޑިޔާ ބަތް ދުފަނީ އިންޑިޔާ ފޯއް????‍♂️ ކަލާ ވިއްސީ އިންޑިޔާ ނަރުސް، ކަލާ އުފަންވީ އިނޑިޔާ ހޮސްޕިޓަލަށް ވިއްސި މާމަޔާއި ކާންދޭއަތުގައި އަވައްޠެރިޔާއަށް ކުނިމޫނު ހަދަނީ ދީނަށްޓަކާ ޔޯ؟ މޮޔަވެދާނެ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: