ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލައިގެން މިހުރީ ނަސްރީނާގެ ހެދުމެއް ނޫން، އަމިއްލަ ޕިޖާމާ: މައުމޫން

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ކޮވިޑަށް ޖެހިގެން ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށް ނަގާފައިވާ ފޮޓޯގައި، އެމަނިކުފާނު ތުރުކުރައްވައިގެން އޮންނެވީ އަނބިކަނބަލުން ނަސްރީނާ އިބްރާހިމްގެ ހެދުމެއް ނޫން ކަމަށާއި އަމިއްލަ ޕިޖާމާއެއް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

މީސްމީޑިއާގައި އާއްމުވި އެ ފޮޓޯގައި މައުމޫން ތުރުކުރައްވައިގެން އޮތީ އަނބިކަނބަލުން ނަސްރީނާގެ ހެދުމެއް ފޮޓޯ އާންމު ކުރި ފަރާތުން ވަނީ ބުނެފައެވެ.

އެ ހެދުން ތުރުކުރެއްވީ ފަރުވާގެ ދުވަސްވަރުގައި އެމަނިކުފާނާއި އާއިލާގެ އެއްވެސް ބޭފުޅަކާއި ބައްދަލު ނުކުރެވޭނެތީ ކަމަށާއި އެއީ އެކަމަނާގެ ދެކެ މައުމޫން ވާ ލޯބިފުޅުގެ ސަބަބުން ކުރެއްވި ކަމެއް ކަމަށްވެސް ފޮޓޯ އާންމު ކުރި ފަރާތުން ބުނެފައިވެއެވެ.

ނަމަވެސް އެ ވާހަކަތައް ދޮގު ކުރައްވައި މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފޮޓޯއިން އެފެންނަނީ އެމަނިކުފާނު އަމިއްލަފުޅު ނިދާ ހެދުމެއް ކަމަށާއި އެއީ މާޖެހި ހެދުމެއް ކަމަށެވެ.

މައުމޫން ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހުއެވެ. މައުމޫން މިހާރު ވަނީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް އެޑްމިޓް ކޮށްފައެވެ.

އުމުރުފުޅުން 82 އަހަރުގެ މައުމޫން ކޮވިޑަށް ޕޮޒިޓިވް ވިއިރު، އުމުރުން ދުވަސްވީ މީހުންނަކީ މި ބަލީގެ އެންމެ ހައި ރިސްކު ކެޓެގަރީގެ މީހުންނެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 5%ވަރަށް ގަޔާވޭ 60%ބޮޑު ޖޯކެއް 5%ހައިރާންވެއްޖެ 5%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: