މ.މެދުފުށި ކައިރި ފަޅުތެރެއަށް ސްނޯކްލިންގ އަށް ދިޔަ ދިވެއްސަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ސިފައިން ކުރަމުން ދަނިކޮށް ފަރުމަތީ ސަލާމަތުން ހުއްޓާ ފެނިއްޖެއެވެ. ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނީ މ.އަތޮޅު މުލީ މީހެކެވެ.
ގެއްލިގެން ހޯދަމުން ދިޔައީ ސްނޯކްލިން އަށް ޑިންގީއެއްގައި މެދުފުށި ކައިރިއަށް ދިޔަ ތިން ދިވެހިންގެ ތެރެއިން އެކަކު ކަމަށް އެމްއެންޑީއެފް އިން ކުރިން ވިދާޅުވިއެވެ.
އޭނާ ފެނުނުއިރު އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިން ދިޔައީ ކުރަމުންނެވެ.
ސްނޯކްލިން އަށް ދިޔަ ތިން މީހުންގެ ތެރެއިން މީހަކު ގެއްލިގެން ރިޕޯޓް ކޮށްފައި ވަނީ މިރޭ 19:55 ކަންހާއިރުއެވެ. އޭނާ ފެނުނީ 20:50 ހާއިރުއެވެ.