ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެސްޓިން ކެޕޭސިޓީ އިތުރުކޮށްގެން ނޫނީ ފަތުރުވެރިން އިތުރެއް ނުކުރެވޭނެ: ބޮންޑޭ

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ކޮވިޑް-19 އަށް ޓެސްޓު ކުރާ މިންވަރު އިތުރުކޮށްގެން ނޫނީ ފަތުރުވެރިން އިތުރެއް ނުކުރެވޭނެ ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން އާންމުކުރި މިދިޔަ މަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ދުވާލެއްގެ މައްޗަށް ރާއްޖެއަށް އައިސްފައި ވަނީ 373 ފަތުރުވެރިން ނެވެ. އޭގެ ކުރީ މަހު ދުވާލެއްގެ މައްޗަށް ރާއްޖެ އައިސްފައިވަނީ 218 ފަތުރުވެރިންނެވެ.

ފަތުރުވެރިން އަންނަ އަދަދު ދަށްވުމާ ގުޅިގެން ބޮންޑޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޓެސްޓް ކުރާނެ އާލާތްތައް އެތައްމިތަނުން ހަދިޔާކުރަމުން ދާއިރު އަދި ދައުލަތުން އެތަކެއް ހޭދަތަކެއް ކުރެވުނު އިރުވެސް ޓެސްޓިން ކެޕޭސިޓީ އިތުރު ނުކުރެވޭ ކަމަށެވެ.

“ޓެސްޓިން ކެޕޭސިޓީ އިތުރުކޮށްގެން ނޫނީ ފަތުރުވެރިން އިތުރެއް ނުކުރެވޭނެ.” އޭނާ ވިދާޅުވެއެވެ.

ކޮވިޑާ ގުޅިގެން މާޗު މަހު ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށް ފަހު ބޯޑަރު އަލުން ހުޅުވާލީ ޖުލައި މަހުގެ 15ވަނަ ދުވަހުގަ އެވެ. ބޯޑަރު އަލުން ހުޅުވާލި ނަމަވެސް، ހިދުމަތް ދިނުމުގެ ހުއްދަ ދީފައި ވަނީ ރިސޯޓުތަކާއި މީހުން ދިރިނޫޅޭ ރަށްރަށުގައި ހިންގާ ހޮޓާ ފަދަ ތަންތަނަށް އެކަންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: