ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޯޓުން ތެޔޮ ލީކުވުމުގެ ފުރުސަތު ކުޑަ، ރާއްޖެއަށް ނުރައްކަލެއް ނެތް: ކޯސްޓްގާޑް

ޝެއާރކޮށްލާ ކަހަލަދޯ؟

ސްރީލަންކާގެ އިރުމަތީ ފަރާތު ބޭރުން ރޯވި ތެޔޮ ޓޭންކަަރުން ކަނޑަށް ތެޔޮ ލީކުވުމުގެ ފުރުސަތު ކުޑަ ކަމަށާއި މި ހާދިސާއާ ގުޅިގެން ރާއްޖެއަށް ނުރައްކަލެއް ނެތް ކަމަށް ކޯސްޓްގާޑުން ބުނެފިއެވެ.

އަލިފާން ރޯވެފައިވަނީ އަލިފާން ރޯވެފައިވަނީ 2 މިލިއަން ފީފާގެ ތެޔޮ ހިފައިގެން ކުވައިތުން އިންޑިއާ އަށް ދިޔަ “ދަ ނިއު ޑައިމަންޑް” ނަމަކަށް ކިޔާ ތެޔޮ ޓޭންކަރެއްގައެވެ. އެ ޓޭންކަރުގައި ރޯވި އަލިފާންގަނޑު ނިއްވުމުގެ މަސައްކަތުގައި އިންޑިއާގެ ހަތަރު މަނަވަރާއި ޑޯނިއާ މަތިންދާބޯޓެއްގެ އިތުރުން ރަޝިއާގެ ދެ މަނަވަރެއް ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ރޯވި ތެޔޮ ޓޭންކަަރާއި ގުޅިގެން އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް އެންވަޔަރަމެންޓް މިނިސްޓްރީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޯސްޓްގާޑުގެ ކޮމާންޑަންޓް ކާނަލް މުހައްމަދު ސަލީމް ވިދާޅުވީ ތެޔޮ ޓޭންކަރުން ކަނޑަށް ތެޔޮ ލީކުވިކަމުގެ މައުލޫމާތެއް ލަންކާގެ ކަމާބެހޭ ފަރާތްތަކުން އަދި މިހާތަނަށް ހިއްސާކޮށްފައި ނުވާ ކަމަށާއި ތެޔޮ ލީކުވުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށް އެ ފަރާތުން މައުލޫމާތުދޭ ކަމަށެވެ. އަދި މިހާރުގެ މޫސުން ހުރި ގޮތުން މިކަން ވަރަށް ކައިރިން މޮނީޓާ ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

“މިހާރު ލިބިފައި ހުރި މައުލޫމާތަށް ބަލާއިރު އަދި ރާއްޖެ އަށް މިކަމުގެ ނުރައްކަލެއް އޮތް ކަމަކަށް ފާހަގައެއް ނުކުރެވޭ. މިހާރު ހެދިފައި ހުރި ލަފާކުރުންތަކަށް ބަލާއިރު މިހާރުން މިހާރަށް ރާއްޖެއާ ދިމާލަށް މީގެއިން އެއްވެސް ކަހަލަ ގެއްލުމެއް އަންނާނެ ކަމަކަށް ފާހަގައެއް ނުކުރެވޭ” ސަލީމް ވިދާޅުވިއެވެ.

ނަމަވެސް މިއީ ބަދަލުވަމުން ގޮސްދާނެ ހާލަތެއް ކަމަށާއި އެގޮތުން ހާލަތު ބަދަލުވެއްޖެނަމަ އެކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ތައްޔާރަށް ތިބި ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.

އަދި މި ސަރަހައްދުގައި މިފަދަ ކަމެއް ހިނގާފާނެތީ ކުރީއްސުރެން ފެށިގެން ވެސް މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި އެގޮތުން ރާއްޖެ އާއި އިންޑިއާ އަދި ލަންކާ ހިމެނޭ ގޮތަށް “ދޯސްތީ” ގެ ނަމުގައި ތަމްރީނުތަކެއް ބާއްވާ، ޒަމާނުއްސުރެން ފެށިގެން ކަމާބެހޭ ފަރާތްތަކާއެކު މަސައްކަތް ކުރެވެމުންދާކަން ސަލީމް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ޖަޕާނު ސަރުކާރުގެ އެހީގައި ޕޮލިއުޝަން ރެސްޕޮންސް ޓިޔާ ލެވެލް 1 އަށް ރެސްޕޮންޑު ކުރުމަށްޓަކާ ބޭނުންވާނެ ބައެއް ސާމާނު ލިބިފައިވާ ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުގައި މެޓް އޮފީހުގެ ޑިރެކްޓަރ އަހުމަދު ރަޝީދު ވިދާޅުވީ ރާއްޖެ އޮންނަނީ ވަރަށް ގިނަ ތެޔޮ ބޯޓު ފަހަރު ދަތުރުކުރަމުން އަންނަ މަގެއްގައި ކަމަށާއި، ރާއްޖޭގެ އުތުރުގައި ގިނަ ތެޔޮ ބޯޓާއި ކާގޯ ބޯޓުފަހަރު ދަތުރުކުރާ މަގެއް އޮންނަ ކަމަށާއި، އެ ބޯޓުފަހަރު ދަނީ އުތުރުގެ އަތޮޅުތަކާއި ވަރަށް ކައިރިން ކަމަށާއި، ހާދިސާއެއް ހިނގައިދާނެ ހާލަތަކަށް ތައްޔާރުވެގެން ތިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އަހުމަދު ފާހަގަ ކުރެއްވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: