ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭރު އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބޭކަށް ނުޖެހޭނެ: ޣައްސާން

ޝެއާރކޮށްލާ ކަހަލަދޯ؟

އެހެން އެއްވެސް ގަައުމެއްގެ ސިފައިން ރާއްޖޭގައި ތިބޭކަށް ނުޖެހޭނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ތ. ގުރައިދޫ ދާއިރާ މެމްބަރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޣައްސާން މިހެން ވިދާޅުވެފައިމިވަނީ ހަތިޔާރު އެޅި އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ކަމަށް ބުނެ އެ ފަރާތްތައް ރާއްޖެއިން ބޭލުމަށް ގޮވާލައި ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ކެމްޕޭނެއް ފަށާފައިވަނިކޮށެވެ.

މިކަމާ ގުޅިގެން ޣައްސާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަލި ރަސްގެފާނާއި ޙުސައިން އާދަމް ޝަހީދުވެވަޑައިގަތީ އަދި އުތީމު ތިން ބަދަވީން އަދި ދޮންބަންޑާރައިން ޖިހާދުކުރެއްވީ މި ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލު ހިމާޔަތްކުރެއްވުމަށް ކަމުގައެވެ.

އިރާދަކުރެއްވިއްޔާ ދިވެހިން އަބަދުވެސް ތިބޭނީ އެގޮތުގައި. ރާއްޖޭގައި ބޭރު އެއްވެސް ޤައުމެއްގެ ސިފައިން ތިބޭކަށް ނުޖެހޭނެ.” ޣައްސާން ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން އަންނަނީ މިފަހަކަށް އައިސް “ގައުމު ވިއްކާލުމާއި” ދެކޮޅަށް ކަމަށް ބުނެ މުޒާހަރާތައް ވެސް ކުރިޔަށް ގެންގޮސްފައެވެ. އެ މުޒާހަރާތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިޔަށް ގެންގޮސްފައިވާއިރު އެތައް ބަޔަކު ސަރުކާރާއި ދެކޮޅަށް އަޑުއުފުލުމަށް ވަނީ ނިކުމެފައެވެ.

އިންޑިއާގެ 100 އަށް ވުރެ ގިނަ ސިފައިން ރާއްޖޭގައި ތިބި ކަމަށް ބުނާއިރު، ރާއްޖޭގައި އިންޑިއާގެ މިލިޓަރީ ބޭސްއެއް އަޅަން އުޅޭ ކަމަށްވެސް އިދިކޮޅުން އަންނަނީ ތުހުމަތު ކުރަމުންނެވެ. ނަމަވެސް އެ ވާހަކަތައް ސަރުކާރުން އަންނަނީ ތަކުރާރުކޮށް ދޮގު ކުރަމުންނެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: