ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަރެކްޝަންސް އިން 12 ގައިދީއަކަށް އައިނު ލިބޭނެ އިންތިޒާމު ހަމަޖައްސައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން އައްސޭރި ޖަލުގައި ތިބި ގައިދީންނަށް “އައި ކޭމްޕް” އެއް ބާއްވައި، 15 ޤައިދީންނަށް ޚިދުމަތް ފޯރުކޮށްދީފިއެވެ.

ކަރެކްޝަންސް އިން ބުނީ މި “އައި ކޭމްޕް”ގެ މަޤްޞަދަކީ ކޯވިޑް-19 އާ ގުޅިގެން ޚާއްސަ ބަލިތަކުގެ ތެރެއިން ލޮލުގެ ބަލިތަކަށް ފަރުވާ ހޯދުމަށް އެދޭ ޤައިދީންނަށް ފަސޭހަކަމާއެކު އެ ޖަލުން ޚިދުމަތް ފޯރުކޮށްދޭނެ އިންތިޒާމް ހަމަޖެއްސުން ކަމަށެވެ.

މިގޮތުން މި “އައި ކޭމްޕް” ކުރިއަށް ގެންގޮސްފައިވަނީ ކޯވިޑް-19 އަށް ރައްކާތެރިވުމުގެ ގޮތުން ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތަށެވެ.

އައިކެއަރ އާ ގުޅިގެން ބޭއްވި މި ކޭމްޕްގައި ލޮލުގެ ޚާއްސަ ޑޮކްޓަރުން މެދުވެރިކޮށް ލޮލުގެ ފަރުވާއަށް އެދިފައިވާ ގައިދީންގެ ޗެކަޕް ހަދައި، އެ ފަރާތްތަކަށް ބޭނުންވަނީ ކޮން ފަރުވާއެއްތޯ ދެނެގަނެވިފައިވާ ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.

މިގޮތުން އައިނު އަޅަންޖެހޭ ގައިދީންގެ ލޮލުގެ ނަންމަބަރު ޗެކްކޮށް އައިނު ލިބޭނެ އިންތިޒާމް ހަމަޖައްސައި، އިތުރު ފަރުވާއަށް މާލެ ގެންނަންޖެހޭ ގައިދީންވެސް ވަނީ ދެނެގަނެފައެވެ. މިގޮތުން 15 ޤައިދީންގެ ޗެކަޕްހަދައި، 12 ޤައިދީންނަށް ވަނީ އައިނު ލިބޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށް އެ ސަރވިސްއިން މަޢުލޫމާތު ދެއެވެ.

ކުރިއަށް އޮތް ތަނުގައި ގައިދީން ސިއްހީ ފަރުވާ ހޯދުމަށް އެންމެ ގިނައިން އެދެމުންދާ ދާއިރާއަކުން މިފަދަ ކޭމްޕްތައް ރާވާ ކުރިއަށް ގެންދިއުމުގެ މަސައްކަތްތައް ރާވަމުން ގެންދާކަމަށް ވެސް އެ ސަރވިސްއިން މަޢުލޫމާތު ދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: