ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ހާލަތު މިހާރު އޮތީ ކަންބޮޑުވާންޖެހޭ ދަރަޖައެއްގައި: ވަހީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ހާލަތު މިހާރު އޮތީ ކަންބޮޑުވާންޖެހޭ ދަރަޖައެއްގައި ކަމަށާއި މި ހާލަތު ބަދަލުކޮށް ރާއްޖެއަށް މިވަގުތު ދިމާވެފައިވާ ކަންކަމުން އަަރައިގަންނަން ޖެހޭ ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

ވަހީދު މިހެން ވިދާޅުވީ އިދިކޮޅު ކޯލިޝަނުން މިއަދު “ހައްގު ފޮށި” ގެ ނަމުގައި ހުޅުވި ފަންޑު ފޮށި ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަހީދު ވިދާޅުވީ ރާއްޖެ މިދަނީ ދުވަހަކަށް ވުރެ ދުވަހެއް އަޑިއަށް ކަމަށާއި އެކަން ހުއްޓުވުމަށް ކުރަންޖެހޭ ގިނަގުނަ މަސައްކަތް އިދިކޮޅުން ފަށާފައިވާ ކަމަށް ވަހީދު ވިދާޅުވިއެވެ.

“ރާއްޖެ މިހާރު މިދަނީ ދުވަހަކަށްވުރެ ދުވަހެއް އަޑިއަށް. ރާއްޖޭގެ ހާލަތު މިދަނީ ދަށްވަމުން. އެހެންވީމަ މިކަމުން އެބަ އަރައިގަންނަން ޖެހޭ. އެކަމަށްޓަކައި އެކަން ހުއްޓުވަންޖެހޭ. މިރާއްޖެ މި ސްލައިޑްވަމުންދާ، އަޑިއަށްދާ ދިއުން އެބަޖެހޭ ހިފަހައްޓާ ނަގަަހައްޓަން،”

މި ހާލަތުން އަރައިގަންނަން އިދިކޮޅު ދެ ޕާޓީގެ މެމްބަރުން ފިޔަވައި އެހެން އާންމުން ވެސް މި މަސައްކަތަށް އެހީވުމަށް ވެސް ވަހީދު ވަނީ ގޮވާލާފައެވެ.

މީގެއިތުރުން ޕާޓީތައް ހިންގުމަށްޓަކާ ގާނޫނީ ގޮތުން ދައުލަތުން ދޭންޖެހޭ ފައިސާ ވެސް އިދިކޮޅު ދެ ޕާޓީއަށް ނުލިބޭތީ އެކަމުގައި ދަތިތަކެއް އެބަހުރި ކަމަށްވެސް ވަހީދު ވިދާޅުވިއެވެ. ނަމަވެސް ސަރުކާރުން އެ ފައިސާ ދެއްވިޔަސް އަދި ނުދެއްވިޔަސް ގައުމަށްޓަކާ ކުރަންޖެހޭ މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ވަހީދު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ ސިޔާސީ ޕާޓީތަކުން ވެރިކަމަށް އަންނަނީ ވެރިކަން ކުރާނެ ތަސައްވުރަކާއެކު ކަމަށާ ނަމަވެސް ވެރިކަން ހަވާލުކުރަން ޖެހޭނީ އެކަން ކުރެވޭވަރު މީހުންނާ ކަމަށެވެ. އެކަން އެހެން ނުވެއްޖެނަމަ ހުރިހާ ގެއްލުމެއްވެސް ލިބޭނީ ދިވެހި ރައްޔިތުންނާއި ގައުމަށް ކަމަށް ވިދާޅުވިއެވެ.

“ވެރިކަން ކުރަން ޖެހޭނީ މެނިފެސްޓޯއާ އެއްގޮތްވާ ގޮތުގެ މަތިން. އަދި ވެރިކަން ހަވާލުކުރަން މި ޖެހެނީވެސް އެ މެނިފެސްޓޯގައި ހުރި ކަންކަން ކުރެވޭވަރުގެ މީހުންނާ. އެވަރުގެ ގާބިލިއްޔަތުކަން ނެތް މީސްމީހުންނާއި ވެރިކަން ހަވާލުުކުރީމަ ވާނެގޮތަކީ ރައްޔިތުންނަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބޭނީ.” ވަހީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: