ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލިލީން ސުކޫލްތަކަށް 100،000 މާސްކު ހަދިޔާކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ލިލީ އެންޓަރޕްރައިސަސް އަދި ލިލީ ޝިޕިންގ އެންޑް ޓްރޭޑިންގގެ ފަރާތުން ސްކޫލްތަކަށް 100،000 މާސްކު ހަދިޔާ ކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން މިއަދު ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ސްކޫލްތަކުގެ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ލިލީން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

https://mobile.twitter.com/MoEdumv/status/1305412954255323136

މާސްކްތައް ބަހާނެގޮތުގެ ތަފްސީލް އެޑިއުކޭޝަން މިނިސްޓްރީއިން ހާމަކުރައްވާފައެއް އިދިއެއް ނުވެއެވެ.

ލިލީން ސްކޫލްތަކަށް 100،000 މާސްކު ހަދިޔާ ކޮށްފައި މިވަނީ މާލެ ސަރަހައްދުގައި ކޯވިޑްގެ ކޭސްތައް އިތުރުވުމުގެ ސަބަބުން ސްކޫލްތައް ބަންދުކޮށްފައިވާ ދުވަސްވަރެއްގައެވެ.

ސްކޫލްތައް އަލުން ހުޅުވައި އާއްމު ހާލަތެއްގައި ކިޔަވައި ދެވޭން ފެށޭނެ ތާރީޚެއް މިނިސްޓްރީން ހާމަކުރައްވާފައި ނުވާއިރު، އެޑިއުކޭޝަން މިނިސްޓްރީން ސުކޫލު މާޙައުލަކީ ރައްކާތެރި މާޙައުލެއްކަން ކަށަވަރުކުރުމަށް ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: