ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ ބައިބައެއް ނުވާނެ، ނުވެސް ކުރެވޭނެ: ހަސަން

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް-- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީ ބައިބައިވެގެން ނުދާނެ ކަމަށާއި އެ ޕާޓީ ބައިބައި ނުވެސް ކުރެވޭނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން،   އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހަސަން މިހެން ވިދާޅުވެފައިމިވަނީ އެމްޑީޕީ ބައިބައިވެގެން ނުދާނެ ކަމަށް އެ ޕާޓީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ކަމަށް ލިޔެފައިވާ ހަބަރެއް ޓްވިޓާގައި ޝެއާ ކުރައްވަމުންނެވެ.

އެގޮތުން ހަސަން ވިދާޅުވީ އެމްޑީޕީ ބައިބައި ނުވާނެ ކަމަށާއި އަދި ނުވެސް ކުރެވޭނެ ކަމަށެވެ. އަދި އެމްޑީޕީގެ މެމްބަރުން އެކަން އެހެން ވިޔަކަ ނުދޭނެ ކަމަށާއި އެމްޑީޕީ ބައިބައި ކުރެވިދާނެ ކަމަށް ހީކޮށް އެ މަސައްކަތް ކުރާ މީހުން އެކުރަނީ ވަރަށް ބޭކާރު މަސައްކަތެއް ކަމަށްވެސް ހަސަން ވިދާޅުވިއެވެ.

އެމްޑީޕީ ތެރޭގައި ހިޔާލު ތަފާތުވެ އެ ޕާޓީގެ އެންމެ އިސް ފަރާތާ މެެދު ސުވާލު އުފެދިފައިވާ މި ދަނޑިވަޅުގައި މެމްބަރުން ހިމެނިވަޑައިގަންނަވާ ގްރޫޕެއްގައި އިއްޔެ ދެއްވި ކުރު މެސެޖެއްގައި ރައިސް ނަޝީދު ވަނީ އަބަދުވެސް ހިޔާލު ތަފާތު ވާނެ ކަމަށާއި ނަމަވެސް އެކަމާ ކަންބޮޑު ނުވުމަށް އެދޭ ކަމަށް ވިދާޅުވެފައެވެ.

“ކަންބޮޑުނުވޭ، މިޕާޓީ ބައިބައި ނުވާނެ، އަަބަދުވެސް ހިޔާލުތަފާތު ވާނެ” ނަޝީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: