ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރުން އައްޑޫ ރައްޔިތުންނަށްވީ ވައުދު ފުއްދާނެ، އައްޑޫ ތަރައްގީ ކުރާނެ: ރޮޒެއިނާ

ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުން އައްޑޫ ސިޓީގެ ރައްޔިތުންނަށްވީ ވައުދު ފުއްދާނެ ކަމަށާއި އައްޑޫ ތަރައްގީ ކުރާނެ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ މިހެން ވިދާޅުވީ އައްޑޫ ސިޓި ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަަރައްގީ ކުރަން 17 މިލިއަން ޑޮލަރު އިންވެސްޓު ކުރަން ސަރުކާރުން ނިންމުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން ރޮޒެއިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ސަރުކާރުން އައްޑު ރައްޔިތުންނަށްވީ ވައުދު ފުއްދާނެ، އައްޑޫ ތަރައްގީ ކުރާނެ ކަމަށެވެ. އަދި ރޮޒެއިނާ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އަށް ޝުކުރު އަދާ ކުރައްވާފައެވެ.

“ސަން” އޮންލައިން އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ އައްޑޫ އެއާޕޯޓަށް 17 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކޮށްގެން އެ އެއާޕޯޓް އިތުރަށް ތަރައްގީ ކުރަން ސަރުކާރުން ހުރިހާ ކަމެއް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

އެގޮތުން އެ ފައިސާ ހޯދަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އައްޑޫގެ މަގު ހެދުމުގެ ޕްރޮޖެކްޓު ވެސް މިއަހަރުތެރޭ ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އެ ޕްރޮޖެކްޓަށް ވެސް ފައިސާ ހަމަޖައްސާފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ.

އައްޑޫ ތަރައްގީ ކުރުމަށް ބޮޑެތި މަޝްރޫއުތަކެއް ހިންގަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކަފަހަރު މަތިން ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: