ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕްރިންސިޕަލުންގެ ވަޒީފާއާ ގުޅޭ އުސޫލުގެ މައްސަލަ މަޖިލީހަށް ވައްދަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރިންސިޕަލުންގެ އުސޫލާ ގުޅޭ މައްސަލަ މަޖިލީހަށް ހުށަހަޅަން ތައްޔާރުވަމުންދާ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، “ޕްރިންސިޕަލުން ވަޒީފާ އަދާކުރާ ސްކޫލު ކަނޑައަޅާނެ އުސޫލު” ގެ ސަބަބުން ތައުލީމީ ނިޒާމް ބިނާކުރި ޕްރިންސިޕަލުން މުޅިން މާޔޫސްވެފައިވާ ކަމަށެވެ. އެއީ ވަރަށް ސީރިއަސް އަދި އެތައް ހާސް ދަރިވަރުންނަކާ ގުޅުންހުރި މައްސަލައެއް ކަމަށް ވިދާޅުވި އެވެ.

މިކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު އާއްމުކުރި އުސޫލު ބުނާގޮތުން، ޕްރިންސިޕަލުން މަސައްކަތްކުރާނެ ސްކޫލެއް ކަނޑައަޅާނީ އެޑިއުކޭޝަން މިނިސްޓަރުގެ ލަފާގެ މަތިން ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) އެކުލަވާލައްވާ ފަސް މެމްބަރުންގެ ކޮމިޓީއަކުންނެވެ.

އަދި ދިގު މުއްދަތަކަށް އެއް ސްކޫލެއްގައި ޕްރިންސިޕަލުން ތިބުމުން ދިމާވާ ބައެއް ނޭދެވޭ މައްސަލަތަކަށް ޙައްލުހޯދުމާއެކު، އައު ޚިޔާލުތަކާއި އައު ވިސްނުންތަކަށް ބިނާކޮށް ސްކޫލްތަކުގެ ހިންގުން ހަރުދަނާކުރުމަކީވެސް މިއުސޫލުގެ މަގުސަދެއް ކަމަށް ބަޔާންކޮށްފައިވެއެވެ.

އޭގައި ހަމަޖައްސާފައިވާ ގޮތުން އެއް ސްކޫލެއްގައި ޕްރިންސިޕަލަކަށް ގިނަވެގެން މަސައްކަތް ކުރެއްވޭނީ 8 އަހަރެވެ.

މީގެއިތުރުން ޓެނުއަރޝިޕް އުސޫލުން ޕްރިންސިޕަލުން ސުކޫލްތަކަށް ހަމަޖެއްސުމަށްޓަކައި އިންޓަރނަލީ އިއުލާން ކުރަންވާނެކަމަށާއި، މިގޮތުން ކުރެވޭ އިއުލާނުގައި އެވަގުތު ޕްރިންސިޕަލުން ޓެނުއަރޝިޕް އުޞޫލުން ހަމަޖައްސަން ބޭނުންވާ ސްކޫލްތައް ބަޔާން ކުރަންވާނެކަމަށްވެސް ބުނެފައިވއެވެ. މި އުސޫލަށް އަމަލުކުރާނީ މި އުސޫލު އާންމުކުރާ ދުވަހުން ފެށިގެން ކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: