ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަޕާނުގެ ބޮޑުވަޒީރުކަމަށް އިންތިޚާބުވި ޔޮޝިހިދޭ ސުޤާއަށް ރައީސް ތަހުނިޔާ ވިދާޅުވެއްޖެ

ހުސައިން މުހައްމަދުގެ ތައުޒިޔާގެ ދަފްތަރުގައި ރައީސް ސޯލިހު ސޮއި ކުރައްވަނީ-- ފޮޓޯީ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޖަޕާނުގެ ބޮޑުވަޒީރުގެ މަޤާމަށް އަލަށް އިންތިޚާބުވެ ވަޑައިގެންނެވި ޔޮޝިހިދޭ ސުޤާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ފޮނުއްވި މެސެޖުގައި ޖަޕާނާއި ދިވެހިރާއްޖެއާއި ދެމެދުގައި އޮތް ރަޙުމަތްތެރިކަމުގެ ގުޅުމަކީ ބައިގަރުނަށްވުރެ ދިގު މާޒީއެއް އޮތް ގާތް ގުޅުމެއްކަން ފާހަގަކުރައްވައި، ދިވެހި ރައްޔިތުންނާއި ސަރުކާރާއި އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އައު ބޮޑުވަޒީރަށް ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރައްވާފައިވެއެވެ.

މީގެ އިތުރުން ރައީސް ގެ މެސެޖުގައި ޖަޕާނަކީ ރާއްޖޭގެ ތަރައްޤީއަށް އަދަދު ނުކުރެވޭހާ ގިނަ އެހީތައް ފޯރުކޮށްދެމުން އަންނަ ޤައުމެއްކަމާއި، ކޮންމެ އަހަރަކު ވެސް އެތައް ހާސް ފަތުރުވެރިންނެއް ޖަޕާނުން ރާއްޖެއަށް ޒިޔާރަތްކުރަމުން އަންނަކަން ވަނީ ފާހަގަކުރައްވާފައެވެ.

ޖަޕާނުގެ އައު ބޮޑު ވަޒީރުގެ ޒަޢާމަތުގައި ދެ ޤައުމުގެ ޒަމާންވީ ގުޅުންތައް އިތުރަށް ބަދަހިވެގެންދިއުމަށް އެދިވަޑައިގަންނަވާކަން ހާމަކުރައްވައި، އައު ބޮޑުވަޒީރުގެ ޒަޢާމަތުގައި ޖަޕާނަށް އިތުރު ކުރިއެރުމާއި ފަހިކަން ގެނެސްދެއްވާނެކަމަށް ޔަޤީންކުރައްވާކަމުގައި ވެސް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައި ވަނީ ޖަޕާނުގެ އައު ބޮޑު ވަޒީރަށް ފުރިހަމަ ޞިއްޙަތެއް ދެއްވުމަށާއި، އެ މަނިކުފާނުގެ ޒަޢާމަތުގައި އެ ޤައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ތަރައްޤީއަށް އެދިވަޑައިގަންނަވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: