ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“2023ގެ އިންތިހާބު ކާމިޔާބު ނުވާނެކަން އެނގޭތީ ބަރުލަމާނީއަކަށް ބަދަލުކުރަން ގާނޫނާ ހިލާފަށް ކަންކަން ކޮށްފާނެ”

ޕީއެންސީ ނައިބް ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

2023ގެ އިންތިހާބު ކާމިޔާބު ނުވާނެކަން އެނގޭތީ ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން ގާނޫނާ ހިލާފަށް އެމްޑީޕީން ކަންކަން ކޮށްފާނެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ ރާއްޖޭގެ ރައީސްކަށް ވާން ދެން ބޭނުންވެ ވަޑައިނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.

އެމްޑީޕީގެ ހަބަރު ސިޓީގެ މިއަދު ނެރުނު އަދަދުގައި ލިޔުއްވާފައިވާ ލިޔުއްވުމެއްގައި ނަޝީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަމުގެ ދެވަނަ ދައުރެއް ލިބުމުގެ އެންމެ ކަށަވަރު މަގަކީ ބަރުލަމާނީ ނިޒާމު ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ، 2023 ވަނަ އަހަރު ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ނުވާނެކަން އެނގޭތީ އިންތިހާބު ނުބާއްވާ މި ދައުރުގެ ފަހުކޮޅު މަޖިލިސްގެ ސުޕަ މެޖޯރިޓީއާއި ބޭރުގެ ނުފޫޒާއެކު ބަރުލަމާނީ އަކަށް ވެރިކަން ފުރޮޅާލަފާނެ ކަމަށެވެ.

“މުޅިވެސް ގާނޫނު އަސާސީއާ ހިލާފްކަންކަން. ކޮށްފާނެ!” އާދަމް ޝަރީފް ވިދާޅުވިއެވެ.

ނަޝީދު ލިޔުއްވާފައި ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް އެދިވަޑައިގަންނަވާ ކަމަށާއި އެގޮތުން ރާއްޖޭގެ ރައްޔިތުންނަށް އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށެވެ. އަދި އެމްޑީޕީ އަށް ކުރިއަށް އޮތް 10 އަހަރު ރާއްޖޭގެ ރައްޔިތުންނަށް ހިދުމަތްކޮށްދެވެން އޮތް ނިޒާމަކީ ވެސް ބަރުލަމާނީ ނިޒާމު ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

އަދި އެމަނިކުފާނު ބޮޑުވަޒީރަކަށް ވާން އެދޭނަމަ އެވާހަކަ ދަންނަވާނެ ކަމަށާއި މިހާރުވެސް ކުރަން ހުރި ކަންކަން މަދު ނޫންކަން ފާހަގަކުރައްވަމުން ނަޝީދު ވަނީ މީހާއަށް ދިމާވެފައިވާ މައްސަލަތައް ވެސް ގިނަ ކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: