ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭރުގައި ދިރިއުޅޭ އާއިލާތައް ނިކަމެތިވާނެ ސިޔާސަތުތައް ތަންފީޒުކުރުން ހުއްޓާލާ: އިދިކޮޅު

އިދިކޮޅުން ޕީޕީއެމް ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި އާއިލާތައް ނިކަމެތިވާނެ އަނިޔާވެރި މާލީ ސިޔާސަތުތައް ތަންފީޒުކުރުން ހުއްޓާލުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ސަރުކާރަށް ގޮވާލައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސސް(ބީއެމްއެލް) އިން އިއްޔެ ބުނި ގޮތުގައި ޑޮލަރުގެ ލިކުއިޑިޓީ ހިފެހެއްޓުމުގެ ގޮތުން ބީއެމްއެލް އިން ދޫކޮށްފައިވާ ހުރިހާ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ތެރެއިން ކޮންމެ ކާޑަކުން މަހެއްގެ މައްޗަށް ރާއްޖޭން ބޭރުގެ މުއާމަލާތްކުރެވޭ އަދަދަކީ 250 ޑޮލަރެވެ. މިބަދަލާއެކު ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް އެހީތެރިވުމުގެ ގޮތުން ބޭންކުން މިވަނީ މަހެއްގެ މައްޗަށް 750 ޑޮލަރު ބޭނުން ކުރެވޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން އިދިކޮޅު ކޯލިޝަނުން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ބީއެމްއެލްގެ އެކައުންޓްތަކުން، ކާޑު މެދުވެރިކޮށް، ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް ފައިސާ ނެގޭނެ އަދަދުތަކަށް މިއަދު ގެނެވުނު ބޮޑެތި ބަދަލުތަކާ ގުޅިގެން، ރާއްޖެއިން ބޭރުގައި ދިރިއުޅޭ އެތައް ހާސް ދިވެހި އާއިލާތަކެއް ނިކަމެތިވެ، ބިކަވެ، ގޮތްހުސްވާނެކަން ފާހަގަކޮށް، އެފަދަ އަނިޔާވެރި މާލީ ސިޔާސަތުތައް ތަންފީޒުކުރުން ވަގުތުން ހުއްޓާލުމަށް އިދިކޮޅު ކޯލިޝަނުން ސަރުކާރަށް ހަރުއަޑުން ގޮވާލާ ކަމަށެވެ.

އެ ކޯލިޝަނުން ބުނީ ސަރުކާރުގެ އިޙްމާލާއި ފަސާދަ އަދި ނާޤާބިލުކަމުގެ ސަބަބުން، އިޤްތިޞާދު ހީނަރުވަމުންދިއުމާ ގުޅިގެން ރާއްޖޭގައި ހުރި ބޭރު ފައިސާގެ ރިޒާވް ވަރަށް ބޮޑުތަން ދަށަށްގޮސް، ޑޮލަރުގެ އަގު އިންތިހާއަށް އުފުލެމުންދާއިރު، މިސަރުކާރުގައި އިޤްތިޞާދީ ސިޔާސަތު ކަނޑައަޅާ، ތަންފީޒުކުރާނެ ޤާބިލު، ތަޢުލީމީ އަދި ތަޖުރިބާކާރު ފަރާތްތަކެއް ނެތުމުން، ސަރުކާރުގެ ނުފޫޒުން ޤައުމީ ބޭންކް ބީއެމްއެލް މެދުވެރިކޮށް މިއަދު އިޢްލާންކުރި ބޮޑެތި ބަދަލުތަކުގެ ނަތީޖާއަކަށްވާނީ، ގިނަ ބަޔަކަށް ފޫނުބެއްދޭފަދަ ދަތިތަކަކާއި ގެއްލުންތަކެއް ކުރިމަތިވުން ކަމަށެވެ.

ކޯލިޝަނުން ބުނީ ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ ބަދަލުގައި، އަދި ތަޢުލީމީ އެއްވެސް ފެންވަރެއް، އުރަތްޕެއް ނެތް، ތާކުންތާކު ނުޖެހޭ، ނާޤާބިލް އެމްޑީޕީ އެކްޓިވިސްޓުންނަށް، ރައްޔިތުންގެ މާލިއްޔަތުން، ބޮޑެތި މުސާރަތައް ދީގެން ކުރަމުންދާ ބޭކާރު ހޭދަ މަދުކުރުމުގެ ބަދަލުގައި، އެނގިހުރެ ރައްޔިތުންނަށް ގޯނާކޮށް، އަނިޔާކޮށް، ނިކަމެތިކުރުމަކީ ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލައި، ސޯލިހު ވެރިކަމުން ބާލާ ވަގުތު ކައިރިވަމުން އަންނަ ކަމުގެ އަލާމާތެއް ކަމުގައެވެ.

ރައީސް ސޯލިހާއި ޝާހިދު އަދި އެހެން ބޮޑުން ކުރަމުންދާ ބޭކާރު ޚަރަދުތަކަށް ޖާގަދީ މަގުފަހިކުރުމަށްޓަކައި، ރާއްޖެއިން ބޭރުގައި އުޅޭ ދިވެހިން މަގުމަތިކުރުމަކީ މިކޯލިޝަނުން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމެއް ކަމަށާއި ޖުޑިޝަރީ މިނިވަންވާ ދުވަހުން، ރައްޔިތުންނަށް އަނިޔާވެރިވާ މިފަދަ ހުރިހާ ފަރާތްތަކާ ޤާނޫނު އަރާ ހަމަކުރާނެ ކަމަށާއި އެފަދަ އެންމެހާ ފަރާތްތައް ދިގު މުއްދަތަށް ޖަލަށް ދާންޖެހޭނެކަންވެސް ފާހަގަކުރާ ކަމަށް އިދިކޮޅުން ބުނެއެވެ.

“ރާއްޖެއިން ބޭރުގައި ވަޒަންވެރިވެގެން އުޅޭ ދިވެހި އާއިލާތަކަކީ، ލިބޭ އެއްޗަކުން ދެކޮޅު ޖައްސަން ދަތިވުމުން ޤައުމުން ބޭރުގައި އުޅޭ ބައެއްކެވެ/ ދަރިންނަށް ކިޔަވާދޭން ނުވަތަ އާއިލާ މެންބަރުންނަށް ދާއިމީ ގޮތެއްގައި ބޭސްފަރުވާ ކުރުމަށް ބޭރުގައި އުޅޭ ބައެކެވެ. އެފަދަ އާއިލާތަކަކީ، ރާއްޖޭގައި ތިބި އާއިލާ މެންބަރުން މެދުވެރިކޮށް، ލިބޭ ކުޑަ ކުއްޔެއް ނުވަތަ މުސާރައެއް އަދި އުޖޫރައެއް، ބޭރަށް ފޮނުވައިގެން ދިރިއުޅުން ހަމަޖައްސާ ދިވެހިންކަމަށް ވާއިރު އެފަރާތްތަކަށް ސޯލިހު މި ޖައްސަމުންދާ ވޭނުގެ ބަދަލު އިންތިޚާބުގައި ރައްޔިތުން ހިފާނެކަން ސޯލިހާއި އެމް.ޑީ.ޕީ ކޯލިޝަނުގެ ބޮޑުން ހަނދާނުގައި ބެހެއްޓުން ބުއްދިވެރިވާނެއެވެ.” ބަޔާނުގައި ވެއެވެ.

މިފަދަ ސިޔާސަތުތަކާމެދު އަވަހަށް ދެވަނަ ވިސްނުކަމަށްގޮސް، ރައްޔިތުންގެ ކިބައިން މައާފަށް އެދި، އެކަންކަން ބަދަލުކުރުމަށް ގޮވާލާ ކަމަށާއި ރައްޔިތުންނާ ދެކޮޅަށް، ރައްޔިތުންގެ އެދުންތަކަށް ބީރު ކަންފަތެއް ދީގެން ވެރިކަމުގައި ހުރެވޭނީ ވަކި މުއްދަތަކަށް ކަމަށް އިދިކޮޅުން ބުނެއެވެ. އަދި ރާއްޖެއިން ބޭރުން މިސަރުކާރަށް މަދަދުވެރިވާ ފަރާތްތަކުގެ ނިވާގައި ފިލާ ތިބެގެން 2023 ގެ އިންތިޚާބު ކާމިޔާބު ނުކުރެވޭނެ ކަމަށާއި އެމް.ޑީ.ޕީ ވެރިކަމުގައި ދެމެހެއްޓޭނެ މިންވަރަށް އެހީތެރިކަމާއި މަދަދުވެރިކަމެއް އެފަދަ ފަރާތްތަކަކުންވެސް ނުދެވޭނެ ކަމަށާއި ބާރު އަބަދުވެސް އޮންނާނީ ރައްޔިތުންގެ އަތްމަތީގައިކަން ސޯލިހު ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަށް އެ ކޯލިޝަނުގެ ބަޔާނުގައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: