ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޮވެމްބަރުގައި މާލޭގެ ގެސްޓުހައުސްތައް ހުޅުވޭނެ ކަމަށް އުއްމީދު ކުރެވޭ: މައުސޫމް

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް އަންނަ ނޮވެމްބަރު މަހު ހުޅުވޭ ވަރުވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަނީ އަތޮޅު ތެރޭގެ ގެސްޓުހައުސްތައް އޮކްޓޯބަރު 15 ގައި ހުޅުވުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ގެސްޓުހައުސްތަކާއި ރަށު ކައުންސިލްތަކުން ފުރިހަމަ ކުރަން ޖެހޭ މިންގަނޑުތަކެއްގެ ގައިޑްލައިނެއް ވަނީ ނެރިފަ އެވެ.

ރޭ ކުރެއްވި ޓްވީޓެއްގައި މިނިސްޓަރު މައުސޫމް ވިދާޅުވީ މާލެ ސަރަހައްދުގެ ގެސްޓްހައުސްތަކާއި އަދި ޓޫރިސްޓު ފެސިލިޓީތައް ނޮވެމްބަރު މަހުގެ ކުރީކޮޅު ހުޅުވޭ ވަރު ވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށާއި ބޭނުންވަނީ ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވްވާ މީހުންގެ ނިސްބަތް ފަސް އިންސައްތައަށް ވުރެ އިތުރުނުވެ ވިދިވިދިގެން ދެހަފްތާ އަށް ހިފަހައްޓާލުން ކަމަށެވެ.

“އޭގެ މާނައަކީ ޓެސްޓު ކުރާ މީހުންގެ އަދަދުގެ ނިސްބަތުން ޕޮޒިޓިވްވާ މީހުންގެ އިންސައްތަ ފަހަކަށް ވުރެ ދަށްވުން” މައުސޫމް ވިދާޅުވިއެވެ.

އޮކްޓޫބަރު 15 ގައި މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ނުހުޅުވާއިރު އެ ތަންތަން ބޭނުންކުރާނީ މިހާރު ވެސް ބޭނުންކުރަމުންދާ ގޮތަށް ޓްރާންސިޓް ހޮޓެލްތަކެއްގެ ގޮތުގައި ކަމަށް މިނިސްޓްރީން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: