ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީން ޝުއައިބް ސަސްޕެންޑް ކުރުމަށް ނިންމައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީން ޝުއައިބް އަލީ އެ  ސަސްޕެންޑް ކުރުމަށް ނިންމައިފިއެވެ. އެ ގޮތަށް ނިންމީ މިއަދު ބޭއްވި ފިޔަވަޅު އަޅާ ކޮމިޓީގެ ބައްދަލުވުމުގައެވެ.

ޝުއައިބު މީގެ ކުރިން ހުންނެވީ ކޮމިޓީގެ ނައިބު މުގައްރިރު ކަމުގެ މަގާމުގައެވެ.

އެމްޑީޕީން ކުރި ޓްވީޓެއްގައި ބުނީ އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ނައިބު މުގައްރިރު ކަމުންނާއި ކޮމިޓީގެ މެންބަރު ކަމުން ޝުއައިބް އަލީ އެއް ފަރާތްކޮށްފައި ވަނީ އެ ކޮމިޓީއަށް ހުށަހަޅާފައިވާ ޝުއައިބްގެ މައްސަލައެއް ކޮމިޓީން ބަލަން ނިންމުމާއި ގުޅިގެން ކަމަށެވެ.

އެއީ ކޮން މައްސަލައެއް ކަން އެމްޑީޕީން ހާމައެއް ނުކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: