ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންކަމް ސަޕޯޓްގެ އެލަވެންސްގެ ގޮތުގައި 67.8 މިލިއަން ރުފިޔާ ދޫކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ގެ ސަބަބުން ވަޒީފާއަށް އަސަރުކުރި ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި މިހާތަނަށް 67.8 މިލިއަން ރުފިޔާ ދީފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އިންކަމް ސަޕޯޓު އެލަވެންސްގެ ގޮތުގައި 16،082 މީހުންނަށް 67.8 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

އިންކަމް ސަޕޯޓު އެލަވެންސްގެ ގޮތުގައި ކޮންމެ މީހަކަށް ވެސް ދިނުމަށް ހަމަޖެހިފައިވަނީ 5،000 ރުފިޔާ އެވެ.

“އިންކަމް ސަޕޯޓު އެލަވަންސް” އެލަަވަންސް ދެނީ ވަކި ހާއްސަ އުސޫލެއްގެ ދަށުންނެވެ. އެލަވެންސް ދިނުމުގެ ދެވަނަ ބުރެއް މިހާރު ފަށާފައިވާއިރު ދެވަނަ ބުރުގައި މި އެލަވެންސް ދިނުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޖުލައި މަހާއި، އޯގަސްޓް މަހާއި އަދި ސެޕްޓެމްބަރ މަހަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: