ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޯޑަރު ހުޅުވާލިތާ ދެވަނަ މަހު ރާއްޖެ އައި މީހުންގެ އަދަދު 69 ޕަސެންޓަށް އިތުރުވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު އަލުން ހުޅުވާލި ފަހުން، ރާއްޖެ އައި މީހުންގެ އަދަދު 69 އިންސައްތަ އަށް އިތުރުވެއްޖެއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް(އެމްއޭސީއެލް) އިން މިއަދު އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ޖުލައި 15 އިން ފެށިގެން އޯގަސްޓް 15 އާ ދެމެދު ރާއްޖެ އައިސްފައިވަނީ 7،607 މީހުންނެވެ. ނަމަވެސް އޮގަސްޓު މަހުގެ 16 އިން އިއްޔެގެ ނިޔަލަށް 12،883 މީހުން ރާއްޖެ އައިސްފައިވާ ކަމަށް އެމްއޭސީއެލް އިން ބުނެއެވެ. މިއީ 69.36 ގެ އިތުރުވުމެއް ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.

ޖުލައި 15 އިން މިދިޔަ މަހުގެ 15 އާއި ދެމެދު ރާއްޖެއިން ވަނީ 9،241 މީހުން ފުރާފައެވެ. އަދި މިދިޔަ މަހުގެ 16 އިން އިއްޔެ ނިޔަލަށް ރާއްޖެއިން ފުރި މީހުންގެ އަދަދު 14،984 އަށް އަރާފައިވާއިރު މިއީ 62.15 ޕަސެންޓްގެ އިތުރުވުމެއް ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.

ރާއްޖެ އައި މީހުންގެ އަދަދުތައް އިތުރުވި ނަމަވެސް ޖުލައި 15 އިން މިދިޔަ މަހުގެ 15 ގެ ނިޔަލަށް އަތޮޅުތެރެއިން މާލެ އައިސްފައިވަނީ 3،576 މީހުންނެވެ. އަދި މިދިޔަ މަހުގެ 16 އިން އިއްޔެ ނިޔަލަށް އެ އަދަދު ވަނީ 3،469 އަށް ދަށްވެފައެވެ.

އަދި މާލެއިން އަތޮޅު ތެރެއަށް ފުރާފައިވާ މީހުންގެ އަދަދު ވެސް މިދިޔަ މަހުގެ 16 އިން އިއްޔެ ނިޔަލަށް ވަނީ ދަށްވެފައެވެ. އެގޮތުން އެ މުއްދަތުގައި އަތޮޅު ތެރެއަށް ފުރާފައިވާ 3471 މީހުން ކަމަށްވާއިރު މިއީ 19.71 ޕަސެންޓުގެ ދަށްވުމެއް ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: