ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑާ ގުޅިގެން ގައިދީން ރައްކާތެރިކަމަށް ކަރެންޝަންސް އިން އަޅާފައިވާ ފިޔަވަޅުތަކަށް މިނިސްޓަރު އިމްރާންގެ ތައުރީފް!

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19އާ ގުޅިގެން ގައިދީން ރައްކާތެރިކަމާއި ހާލަތު ބެލެހެއްޓުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ލީޑަޝިޕުން އަޅާފައިވާ ފިޔަވަޅުތަކަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ތައުރީފް ކުރައްވައިފިއެވެ.

މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ “ޔުނައިޓެޑް ނޭޝަންސް ސްޓޭންޑަޑް މިނިމަމް ރޫލްސް ފޯރ ދި ޓްރީންޓްމަންޓް އޮފް ޕްރިޒަނަސް(ދި ނެލްސަން މަންޑޭލާ ރޫލްސް)” ގެ ދިވެހި ތަރުޖަމާ ކަރެކްޝަންސްއާ ހަވާލުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ.

މާލެ ޖަލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އިމްރާން ވަނީ ކޮވިޑާ ގުޅިގެން ކަރެންޝަންސްގެ އޮފިސަރުން ކުރެއްވި ބުރަ މަސައްކަތަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ކޮވިޑް-19އާ ގުޅިގެން މިއަހަރު ރޭވިފައިވާ ގިނަ މަސައްކަތްތަކެއް މަޑުޖެހި، ހުއްޓިފައިވީ ނަމަވެސް، ހިތްވަރުކޮށް ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މި ފޮތް ތަރުޖަމާކުރެވި، ކަރެންޝަންސްއާ މިއަދު ހަވާލުކުރެވި، އަންނަ ހަފްތާއިން ފެށިގެން އޮފިސަރުންނަށް އެއާ ގުޅޭ ތަމްރީންތައް ފެށޭނެ ވާހަކަވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިނިސްޓަރ މިހެން ވިދާޅުވިއިރު ޔޫއެންއޯޑީސީ އާއި މިނިސްޓްރީ އޮފް ހޯމް އެފެއާޒް އަދި ކަރެންޝަންސްއާ ގުޅިގެން މި މަހުގެ 20 ން 26 އަށް “ޑި ނެލްސަން މަންޑޭލާ ރޫލްސް” ފޮތާ ގުޅޭ ޓްރޭނިންގ ގެ ފުރަތަމަ ބެޗް ފެށިގެންދާނެއެވެ. މި ސެޝަންތައް ފެސިލިޓޭޓް ކޮށްދެއްވާނީ ޔޫއެންއޯޑީސީގެ ފަރާތުން ކަމުގެ ހާއްސަ ކޮންސަލްޓަންޓެކެވެ. އަދި ކުރިއަށް އޮތް ތަނުގައި ހުރިހާ އޮފިސަރުންނަށް މި ތަމްރީން ޕްރޮގްރާމް ހިންގާނެއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު އިމްރާންގެ އިތުރުން އެ މިނިސްޓްރީގެ މިނިސްޓަރ އޮފް ސްޓޭޓް އަލްފާޟިލް އަޙްމަދު ނަޒީރު އާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސާވިސް ނޫރާ މުޙައްމަދު އާއި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ އާއި ޔޫއެންއޯޑީސީގެ ޕްރޮގްރާމް ކޯޑިނޭޓަރ ތާއިބާ ސައީދުގެ އިތުރުން ކޮމިޝަންޑް އޮފިސަރުންނާއި ސެކްޝަންތަކުގެ ވެރިން ބައިވެރިވެލެއްވިއެވެ.

މި ރަސްމިއްޔާތު ތަޢާރަފްކުރައްވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވަނީ ހޯމް މިނިސްޓްރީ އަށާއި ޔޫއެންއޯޑީސީ އަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިއަދަކީ ސަރުކާރުން އެކުލަވާލާފައިވާ ސިޔާސަތުގެ ތެރެއިން ދިވެހިރާއްޖޭގެ ޖަލުތަކަކީ ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ތަނެއްގެ ގޮތުގައި ހެޔޮ ބަދަލު ގެނެސް އިސް ސަފުގައި މަސައްކަތްކުރަމުންދާ ސީނިއަރ މެނޭޖްމަންޓާއި އޮފިސަރުން ކުރައްވާ މަސައްކަތަށް އިހުލާސްތެރިކަމާއެކު ބަލައިގަންނަވާކަމަށް އޭނާ ވިދާޅުވިއެވެ.

އަދި މި ފަށައިގަނެވުނު މަސައްކަތުން އިތުރު ޒިންމާތަކަކާއި ވާޖިބުތަކެއް ދަސްކުރުމަށް މަގު ފަހިވެގެންދާނެކަމަށް ގަބޫލުކުރައްވާކަމަށް ސީޕީ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: