ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާޖަޕަކްސަ ރައީސް ނަޝީދަށް: އަމިއްލަފުޅަށް އުފެއްދެވި ފޯރަމެއްގެ އެމްބެސެޑަރަކަށް ވީތީ މަރުހަބާ!

ރާޖަޕަކްސަ އާއި ރައީސް ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ތީިމެޓިކް އެމްބެސެޑަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ހޮވިވަޑައިގަތުމުން، ސްރީލަންކާގެ ޕްރައިމް މިނިސްޓަރ މަހިންދަ ރާޖަޕަކްސާ މަރުހަބާ ވިދާޅުވެއްޖެއެވެ.

ރާޖަޕަކްސަ ކުރެއްވި ޓުވީޓެއްގައި ވަނީ އެމްބެސެދަރުކަމަށް ހޮވިވަޑައިގަތުމުން މަރުހަބާ ދަންނަވާ ކަމަށާއި، އަދި މަސައްކަތުގައި ކާމިޔާބަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި މިމަސައްކަތްތަކުގެ ސަބަބުން ދުނިޔޭގެ ތިމާވެށްޓަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އުންމީދުކުރައްވާކަމަށް އެމަނިކުފާން ވިދާޅުވިއެވެ.

ރާޖަޕަކްސަގެ ޓުުވީޓުގައި ވަނީ 2009 ވަނަ އަހަރު ރައީސް ނަޝީދު އަމިއްލަފުޅަށް އުފެއްދެވި ފޯރަމެއްގެ އެމްބެސެޑަރަކަށްވީތީ އެކަމަށް މަރުހަބާކިޔާ ކަމަށް ވިދާޅުވެފައެވެ.

ސީވީއެފްގެ އެމްބެސެޑަރުކަމުގެ މަސައްކަތް ފެއްޓެވުމުގެ ގޮތުން، ކްލައިމެޓް ވަލްނަރަބުލް ފޯރަމްގެ ރިޔާސަތާއި އެ ފޯރަމްގައި ހިމެނިވަޑައިގަންނަވާ ބަންގްލަދޭޝްގެ އިސް ބޭފުޅުންނާ ނަޝީދު ވަނީ ބައްދަލު ކުރައްވާފައެވެ.

އެމަނިކުފާނު ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވިި ބޭފުޅުންގެ ތެރޭގައި، އެ ފޯރަމްގެ ރިޔާސަތު ބެލެހެއްޓެވި ޑރ. އަބްދުލް ކަލާމް އާޒާދާއި ބަންގްލަދޭޝްގެ މިނިސްޓްރީ އޮފް އެންވަޔަރްމެންޓް، ފޮރެސްޓް އެންޑް ކްލައިމެޓް ޗޭންޖްގެ އިސް ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

ކްލައިމެޓް ވަލްނަރަބުލް ފޯރަމްގެ ތީމެޓިކް އެމްބެސެޑަރުގެ ހައިސިއްޔަތުން ނަޝީދު މަސައްކަތްޕުޅު ކުރައްވާނީ ޕެރިސް އެގްރިމެންޓުގައި ހިމެނޭ ކަންތައްތައް މި އަހަރު ނިމުމުގެ ކުރިން ތަަންފީޒު ކުރަން ގައުމުތަކަށް ބާރު އެޅުއްވުމަށެވެ. އެ އެގްރިމަންޓުގައި ބައިވެރިވެފައިވާ ގައުމުތަކުން ބޭނުންކުރާ ހަކަތައިގެ 100 ޕަސެންޓަކީ އިއާދަކުރަނިވި ހަކަތަ އަށް ހަދަން މަސައްކަތް ކުރުމަށް ވެސް އެ މަނިކުފާނު ބާރު އަޅުއްވާނެ އެވެ.

ކްލައިމެޓް ވަލްނަރަބްލް ފޯރަމްގެ އެމްބިޝަންގެ އެމްބެސެޑަރ ކަމަށް ރައީސް ނަޝީދު ވަޑައިގަތުމާއި ގުޅިގެން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެމަނިކުފާނަށް މަރުހަބާ އާއި ތަހުނިޔާ ދަންނަވާފައެވެ.

ވަރަށް ގަދަ
1%ވަރަށް ގަދަ 61%ވަރަށް ގަޔާވޭ 30%ބޮޑު ޖޯކެއް 4%ހައިރާންވެއްޖެ 1%ވަރަށް ދެރަ 3%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: