ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާގެ ހާރިޖީ ސިޔާސަތުގެ ސަބަބުން ދިވެހީންގެ މިނިވަންކަމާއި އެތައް ހައްގުތަކެއް ނިގުޅިގެންދޭ: ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް: ފޮޓޯ ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ސަބަބުން ދިވެހީންގެ މިނިވަންކަމާއި އެތައް ހައްގުތަކެއް ނިގުޅިގެންދާ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އަށް އާންމު މެމްބަރުންތަކެއް ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ އިންޑިއާގެ ރައްޔިތުންނާއި މައްސަލައެއް ނެތް ކަމަށާއި މައްސަލަ އުޅެނީ އިންޑިއާގެ ސަރުކާރުގެ ހާރިޖީ ސިޔާސަތު އެމީހުންނަށް ފައިދާވާ ގޮތަށް ތަންފީޒު ކުރެވިގެން ދާތީ ކަމަށެވެ.

“ކަންބޮޑުވަނީ އެ ސިޔާސަތުތައް އެގޮތަށް ތަންފީޒު ކުރެވޭއިރު ދިވެހީންގެ އެތައް ހައްގުތަކެއް ނިގުޅި، ރާއްޖޭގެ މިނިވަންކަން ވެސް ނިގުޅިގެންދާ ފަދަ ކަންކަން ކުރެވެމުންދާތީ.” ޝިޔާމް ވިދާޅުވިއެވެ.

އަދި އިންޑިއާ އާއެކު ސަރުކާރުން މިއަދު ހަދަމުން އަންނަނީ ނުރައްކާތެރި އެއްބަސްވުންތަކެއް ކަމަށާއި މިއީ ދިވެހީން ބޭނުންވާ އެއްބަސްވުންތަކެއް ނޫން ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. އެ އެއްބަސްވުންތައް ހެދިގެން އަދި ތަންފީޒުވެގެން ދަނީ ގާނޫނު އަސާސީ އާއި ހިލާފަށް ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހުންނެވީ ގާނޫނު އަސާސީއާ ހިލާފުވެވަޑައިގެން ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

“މި ގައުމުގެ މިނިވަންކަމާއި ސިޔާދަތު ގެއްލޭ އެގްރީމެންޓުތަކުގައި އެމަނިކުފާނު އެ ވަޑައިގަންނަވަނީ. އެއީ ރައްޔިތުންގެ މަޖިލީހުން ރުހުން ހޯދަންޖެހޭ އެގްރީމެންޓުތަކެއް. އެހެން ނަމަވެސް މި ފެންނަނީ 65 މެމްބަރުން އޮވެމެ ގާނޫނު އަސާސީގައި މި ބުނާ ކަންތައްތަކަށް އެއްވެސް ވަރަކަށް ބަލާލުމެއް ނެތި މި ގައުމު ވިއްކަމުންދާތަން” ޝިޔާމް ވިދާޅުވިއެވެ.

އިންޑިއާ އިން ރާއްޖޭގެ އެއް ދަރިއަކަށް އެންމެ ބިރު ގަންނަނީ ޔާމީން ދެކެ ކަމަށެވެ. އެއީ އިންޑިއާ އިން މި ގައުމު އަޅުވެތި ކުރަން ކުރާ މަސައްކަތާ ދެކޮޅަށް އެންމެ ބާރަށް އަޑު އުފުލައި މަސައްކަތް ކުރައްވާނީ ޔާމީން ކަމަށް ވާތީ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: