ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ކުރާނެ ކަންކަން ނިންމުމުގެ ބާރު ބޭރުގެ ގައުމަކަށް ދިނުމަކީ ބޮޑު ނުރައްކަލެއް: ސައީދު

ޕީއެންސީގެ ނައިބްރައީސް މުހައްމަދު ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ކުރާނެ ކަންކަމާއި ނުކުރާނެ ކަންކަން ނިންމުމުގެ ބާރު ބޭރުގެ ގައުމުތަކަށް ދިނުމަކީ ބޮޑު ނުރައްކަލެއް ކަމަށް މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވީ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށްޓަކައި ސާވޭ ކުރުމުގެ މަސައްކަތް ފަށާފައިވާ ދަނޑިވަޅެއްގައެވެ.

އެ މަސައްކަތް ކުރިޔަށް ގެންދަނީ އިންޑިއާގެ އެހީތެރިކަމާއި އެކުގައެވެ. އިންޑިއާ ހައި ކޮމިޝަނުން ބުނީ އިންޑިއާ އެއާޕޯޓް އޮތޯރިޓީގެ ޓީމެއް ހަނިމާދޫގައި މިހާރު ހަރަކާތްތެރިވަމުން ދާކަމަށެވެ. އަދި އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫއަށް ބޭނުންވާ ކަންކަން ކުރިއަށްގެންދިއުމަށް ބޭނުންވާ ސާވޭގެ މަސައްކަތްތައް އެއަރޕޯޓް ސައިޓުގައި މިހާރު ފަށާފައި ވާކަމަށެވެ.

މިކަމާ ގުޅިގެން ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ކުރާނެ މަސައްކަތާއި ނުކުރާނެ މަސައްކަތް ނިންމުމުގެ ބާރަކީ ދިވެހި ރައްޔިތުންގެ އަމިއްލަ ހައްގެއް ކަމަށާއި އެކަން ނިންމާނީ ބޭރު ގައުމަކުން ނޫން ކަމަށެވެ.

“މި ދަރަޖައަށް ސަރުކާރު ވެއްޓުމަށްވުރެ ވަކިން ބޮޑު ނުރައްކަލަކާއި ނިކަމެތިކަމެއް އަންނާނެބާ.” ސައީދު ވިދާޅުވިއެވެ.

އެ އެއާޕޯޓް ބޮޑުކުރުމުގެ ޕްރޮޖެކްޓަކީ އިންޑިއާ އިން ރާއްޖެއަށް ދޫކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުން ހަރަދުކޮށްގެން ހިންގަން ރާވާފައިވާ ޕްރޮޖެކްޓެކެވެ.

އިންޑިއާއިން ބުނީ ހަނިމާދޫ އެއާޕޯޓް ތަރައްގީކުރާނީ 2200 މީޓަރުގެ ރަންވޭއަކާ އެކުގަ އެވެ. އޭރުން އޭ320 މަރުކާގެ މަތިންދާބޯޓްތަކާއި ބޮއިންގް 737 މަރުކާގެ މަތިންދާބޯޓަށް ޖެއްސޭނެ އެވެ. ހައި ކޮމިޝަންގެ ބަޔާނުގަައިވާ ގޮތުން، ރަންވޭ ބޮޑުކުރުމުގެ އިތުރުން ޕެސެންޖާ ޓާމިނަލްތައް، ކާގޯ ޓާމިނަލްތައް، ފިއުލް ފާމް އަދި ފަަޔަ ސްޓޭޝަންތައް ތަރައްގީކުރުން ވެސް އެ ޕްރޮޖެކްޓްގައި ހިމެނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: