ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޯޑަރު ހުޅުވާލިފަހުން 16405 ފަތުރުވެރިން ޒިޔާރަތްކޮށްފި

ރާއްޖޭގައި ފަތުރުވެރިންތަކެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް 16405 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 399252 (ތިންލައްކަ ނުވަދިހަނުވަހާސް ދުއިސައްތަ ފަންސާސް ދޭއް) ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.

މީގެތެރެއިން ބޯޑަރު ހުޅުވާލިފަހުން ރާއްޖެއައިސްފައިވަނީ 16405 ފަތުރުވެރިންނެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި 10 ޤައުމުގެ ތެރޭގައި ހިމެނެނީ ޔޫއޭއީ، ރަޝިއާ، ޔޫއެސް، ޔޫކޭ، އަދި ސްޕެއިން، ޖަރުމަނުވިލާތް، ފްރާންސް، ބްރެޒިލް، ޔޫކްރެއިން އަދި އިޖިޕްޓްއެވެ.

ސެޕްޓެމްބަރ މަހުގެ 1 ވަނަ ދުވަހުން 23 ވަނަ ދުވަހަށް ރާއްޖެ އައިސްފައިވަނީ 7076 ފަތުރުވެރިންނެވެ. އޮގަސްޓް މަހު 7628 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު ބޯޑަރު ހުޅުވާލި ޖުލައިމަހު ރާއްޖެ އައިސްފައިވަނީ 1752 ފަތުރުވެރިންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: