ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާޒިމާގެ މައްޗަށް ކުރާ މަނީލޯންޑާއަށް މަގުފަހިކޮށްދިނުމުގެ ދައުވާގެ އަޑުއެހުމެއް މާދަމާ!

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުލް ޔާމީންގެ ސަރުކާރުގެ ލީގަލް އެފެއާޒް މިނިސްޓަރު ޢައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމާއި، މަނީލޯންޑަރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފިއެވެ.

ކުރިމިނަލް ކޯޓުގައި އެ އަޑުއެހުން ތާވަލުކޮށްފައިވަނީ މާދަމާ މެންދުރު 1:30 އަށެވެ. މައްސަލައިގެ ދެ އަޑުއެހުން ވެސް ކުރިޔަށް ގެންދާނީ އެކީގައެވެ.

އާޒިމާގެ މައްޗަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ކުރަނީ ވެރިކަމިުގައި ހުންނަވައިގެން މަނީލޯޑާރ ކުރެއްވި ކަމުގެ ކުށް ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު އެސްކްރޯ އެކައުންޓަށް ޖަމާކުރި މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އާޒިމާ ދޮގު މައުލޫމާތު ދީފައިވާ ކަމަށް ބުނާ މައްސަލައިގައެވެ. އަދި މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާ ކުރަނީ އެ ފައިސާ އެސްކްރޯ އެކައުންޓަށް ޖަމާނުކޮށް، އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކުރުމުގައި ބޭންކުން ލިޔުމެއް ހޯދުމުގައި އާޒިމާ މަސައްކަތްކޮށް، އެ ފައިސާ އަސްލު އޮޅުވާލަން މަސައްކަތް ކުރި ކަމަށް ތުހުމަތުކޮށެވެ.

މައްސަލައިގައި މިއަހަރުގެ މާޗު މަހުގެ ތެރޭގައި އަޑުއެހުމެއް ބޭއްވިއެވެ. ޝަރީއަތުގެ މަޖިލީހުގައި އާޒިމާ ވިދާޅުވެފައިވަނީ އެސްކްރޯ އެކައުންޓެއް ހުޅުވަން އޭނާ އޭސީސީ އަށް ލަފާ ދެއްވި ކަމަށް ދައުވާގައި ބުނާއިރު އެފަދަ ލަފައެއް އޭނާ ދެއްވާފައި ނުވާނެ ކަމަށެވެ. އަދި އެފަދަ ލަފައެއް އޭނާ ދެއްވިކަމުގެ ހެއްކެއް ވެސް ހުށަހަޅާފައި ނެތް ކަމަށް އާޒިމާ ވިދާޅުވެފައި ވެއެވެ. އާޒިމާ ވިދާޅުވީ އޭނާ އަކީ އޭސީސީ އަށް ލަފާ ދިނުމުގެ ޒިންމާއެއް އޭރު އޮތް މީހެއް ނޫން ކަމަށާއި ލަފާ ދެއްވި ކަމަށް ބުނާއިރު އެ ލަފަ އަކީ ކޮބައިތޯ ވެސް ސުވާލު އުފެދޭ ކަމަށެވެ.

އާޒިމާ ވިދާޅުވީ، އޭސީސީއަކީ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު ލަފާ ދޭން ޖެހޭ ތަނެއް ނޫންކަން އޮޅިވަޑައިގެންފައި ނެތް ކަމަށެވެ. އަދި އެސްކްރޯ އެކައުންޓަށް ފައިސާ ޖަމާކުރި ކަމުގެ މައުލޫމާތު އާޒިމާ ސިޓީއަކުން އޭސީސީއަށް ދެއްވި ކަމަށް ދައުލަތުން ބުނި ނަމަވެސް އޭސީސީއަށް ފޮނުވި ސިޓީގައި ވަނީ އެސްކްރޯ އެކައުންޓުގެ އެކައުންޓު ނަމްބަރު ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް ރައްދުގައި ދައުލަތުން ބުނެފައިވަނީ އެސްކްރޯ އެކައުންޓު ހަދަން އޭސީސީއަށް ލަފާދެއްވީ އާޒިމާކަން ރައީސް ޔާމީންގެ ޝަރީއަތުގައި ހެކިވެރިން ދީފައިވާ ހެކިބަހުންނާއި އެ ޝަރީއަތުގައި ދެކުވެނު ވާހަކަތަކުން އެނގެން އެބައޮތް ކަމަށެވެ. އަދި ފައިސާ ޖަމާކުރި ކަމުގެ މައުލޫމާތު ދެއްވައި އޭސީސީއަށް އާޒިމާ ފޮނުވި ސިޓީގައި އޮތް އެކައުންޓު ނަމްބަރާއި އެސްކްރޯ އެކައުންޓުގެ ނަމްބަރާ ދިމާނުވީ ނަމަވެސް، އެ ސިޓީއަކީ އެސްކްރޯ އެކައުންޓަށް ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާ ޖަމާކުރިކަމުގެ މައުލޫމާތު ދިނުމަށް ފޮނުވި ސިޓީއެއްކަން އެ ސިޓީގެ އިބާރާތުން އެނގޭކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: