ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޯދީއާ ދިމާލަށް އަޅުގަނޑުމެން ތިރިވާން ޖެހޭނީ ބޯ ކަނޑާލާފައި: ޝިޔާމް

ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ދިމާލަށް ތިރިކުރަން ޖެހޭނީ ބޯ ކަނޑާލާފައި ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އިންޑިއާ އާއި ރާއްޖޭގެ ގުޅުމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، އިއްޔެ އިދިކޮޅުން ބޭއްވި ހާއްސަ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންް ޝިޔާމް ވިދާޅުވީ އިދިކޮޅު ބޭފުޅުން މޯދީއާ ދިމާލަށް ތިރި ކުރަން ބޭނުން ނަމަ ޖެހޭނީ ބޯ ކަނޑާލަން ކަމަށެވެ.

“މި ޕާޓީ އަކީ ދިވެހި ރާއްޖޭގެ ހައްގުގައި، މި ގައުމުގެ ހައްގުގައި، އިސްލާމް ދީނުގެ ހައްގުގައި މަސައްކަތް ކުރާނެ ބައެއް. މޯދީއާ ދިމާލަށް އަޅުގަނޑުމެން ތިރިވާން ޖެހޭނީ ބޯ ކަނޑާލާފައި. މި ހިސާބުން ކަނޑާލަން ޖެހޭނީ.” ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ލޯ ހުޅުވައިގެން ތިއްބާ ޤައުމުގެ މިނިވަންކަން ހިނގައްޖެ ކަމަށާއި އިސްތިއުމާރީ ބާރުތައް މިދަނީ ޤައުމަށް ވެރިވަމުން ކަމަށެވެ. އަދި ކަންނެތް ދިރިއުޅުމުން ހޭލާ އެކަމާ ދެކޮޅަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ ރާއްޖޭގެ ހުންގާނުގައި މިއަދު ހުރީ ދިވެހިންނަށް ހެވެން އެދިގެން އައިސްހުރި ބޭފުޅެއް ނޫން ކަމަށާއި 3 ނޮވެމްބަރު 1988 ގައި 19 ދިވެހިން ޝަހީދު ކޮށްލި ބައިގަނޑުގެ ތެރެއިން އައިސްހުރި ބޭފުޅެއް ކަމަށެވެ.

“އަޅުގަނޑު ތަކުރާރުކޮށް މި ދަންނަވަނީ މި ސަރުކާރުގެ އިހްލާސްތެރިކަމެއް ނެތޭ. ރައްޔިތުންނަށް ދެއްކި މަންޒަރާއި ކުރާ ކަންތައްތަކާ އުޑާ ބިމާހާ ތަފާތު. އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގެން ހުންނެވީ ބަރު ހިތަކައިގެން. އިހުލާސްތެރި ސާފު ހިތަކައިގެން އައިސް ތިބި ސަރުކާރުން ކަންތައް ކުރާނެ ގޮތަކަށް ނޫން މިއަދުގެ ސަރުކާރުން މި ކަންތައް ކުރަނީ.” ޝިޔާމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: