ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިޑު ކޮމިޓީ އެކުލަވާލާފައިވަނީ ގަވައިދާ އެއްގޮތަށް: އެޑިއުކޭޝަން

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެޑިއުކޭޝަން މިނިސްޓްރީގެ އައު ބިޑު ކޮމިޓީ އެކުލަވާލާފައި ވަނީ އެކަމާ ގުޅިގެން ހަދާފައިހުރި ގަވައިދާއި އުސޫލުތަކާ އެއްގޮތަށްކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިގޮތަށް ހާމަކުރައްވާފައިވަނީ “ދިޔަރެސް” ނޫހުގައި އެޑިއުކޭޝަން މިނިސްޓްރީގެ ބިޑު ކޮމިޓީއާ ގުޅެގޮތުން ދައްކާފައިވާ ވާހަކަތަކާ ގުޅިގެންނެވެ. އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ ލިޔުމުގައި ވާކަންކަން ދޮގުކުރައްވާ ބަޔާނެއް ނެރެފައެވެ.

މިގޮތުން އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެ ލިޔުމުގައި ހިމަނާފައިވާ މައުލޫމާތުތަކަކީ ހަގީގަތެއް ނެތް ދޮގު މައުލޫމާތުތަކެއް ކަމަށާއި މައުލޫމާތުގެ ތެދު ދޮގު އޮޅުން ފިލުވުމަށް އެ މިނިސްޓްރީއަށް ގުޅާފައިނުވާކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު ބިޑު ކޮމިޓީ އަލުން އެކުލަވާލާފައިވަނީ ކުރިން މަސައްކަތް ކުރަމުން ދިޔަ ބިޑް ކޮމިޓީގެ ދައުރު ހަމަވެގެންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: