ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2023ގެ ރިޔާސީ ކެންޑިޑޭޓުންގެ ލިސްޓުގައި ރައީސް ޔާމީންގެ ނަން އޮންނާނެ: ޝަރީފް

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ދެހާސް ތޭވީސް ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ރިޔާސީ ކެންޑިޑޭޓުންގެ ލިސްޓުގައި ކުރީގެ ރައީސް  އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ނަންފުޅު އޮންނާނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިރޭ ކުރެއްވި  ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން ދިވެހި ގައުމުގެ ސިޔާދަތާއި މިނިވަންކަން ދިވެހި ރައްޔިތުންނަށް އަލުން ހޯއްދަވައި ދެއްވާނެ ކަމަށާއި ރާއްޖޭގެ ރައްޔިތުންނަށް ހިދުމަތް ކުރުމަށްޓަކައި އެމަނިކުފާނު އެނބުރި އަދި އަންނާނެ ކަމަށެވެ.

ދެން އޮންނަ ރިޔާސީ އިންތިހާބެއްގައި ރައީސް ޔާމީންގެ ނަންފުޅު ވޯޓު ކަރުދާހުގައި އޮންނާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއިރު ރައީސް ޔާމީންގެ ހުކުމަށް އަދި އެއް އަހަރުވެސް ނުވެއެވެ. ބާކީ ހަތަރު އަހަރު އޮތްއިރު ދައުލަތުން ވަނީ އަނެއްކާވެސް މަނީ ލޯންޑަރިންގެ އިތުރު ދައުވާ އެއް ރައީސް ޔާމީނަށް އުފުލާފައެވެ. އަދި ރިޝްވަތުގެ ދައުވާ އެއްވެސް އެމަނިކުފާނަށް ވަނީ އުފުލާފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 60%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 40%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: