ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރަށް ކޮރަޕްޝަން އޯކޭވެ، ދެކޮޅަށް އަޑުއުފުލާ މީހުން ގޯސްވެއްޖެ: ޖަމީލު

ޑރ. މުހައްމަދު ޖަމީލް އަހުމަދު--
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރަށް ކޮރަޕްޝަން އޯކޭވެ، އެކަމާ ދެކޮޅަށް އަޑުއުފުލާ މީހުން ގޯސްވެއްޖެ ކަމަށް ކުރީގެ ނައިބް ރައީސް އަދި އިދިކޮޅު ކޯލިޝަންގެ ހާއްސަ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

އެގޮތުން ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ދައުލަތުގެ ނިޒާމް ތަޣައްޔަރުވެއްޖެ ކަމަށާއި ސަރުކާރަށް ރައްޔިތުންނަށް ކޮށްދެވުނު ކަމެއް ނެތް ކަމަށެވެ.

“ޚިޔާނާތް ފެޝަނަކަށްވެއްޖެ. ބޮޑެތި ތުހުމަތުކުރެވޭ ފަރާތްތައް ތިބީ އަމިއްލަ އަށް ގޮތް ނިންމަން ދޫކޮށްލާފައި. ސަރުކާރަށް ކޮރަޕްޝަން އޯކޭވެ، ދެކޮޅަށް އަޑުއުފުލާ މީހުން ގޯސްވެއްޖެ.” ޖަމީލް ވިދާޅުވިއެވެ.

ޖަމީލް މިހެން ވިދާޅުވިއިރު،  ކޮރަޕްޝަނަށް ހުރި ހިރާސްތައް ކުޑަކުރަން މާލިއްޔަތު ގަވައިދަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަމުންދާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު އަމީރު މިހެން ވިދާޅުވެފައިމިވަނީ ބިޑަށް ނުލައި ދައުލަތުގެ މަޝްރޫއުތައް ހަވާލު ކުރެވޭ ގޮތަށް މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައި އޮންނަ މާއްދާ ބާތިލް ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފިނޭންސް މިނިސްޓްރީގައި އެދިފައިވަނިކޮށެވެ.

މިފަހަކަށް އައިސް ގިނަ މަޝްރޫއުތަކެއް ބިޑަށް ނުލާ ދިން ކަމުގެ މައްސަލަަތައް ވަނީ ފެންމަތިވެފައެވެ. ބިޑަށް ނުލާ މަޝްރޫއުތައް ދެވިދާނެ ކަމަށް ބުނެ މާލިއްޔަތު ގަވާއިދަށް އިސްލާހު ގެނެސްފައި ވަނީ 2017ވަނަ އަހަރުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: