ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ގެސްޓު ހައުސް ހިންގާ ރަށް ރަށުން އެހެން ރަށަކަށް ދާ މީހުން ކަރަންޓީނު ވާންޖެހޭ ސަބަބެއް ނެތް”

މާފަންނު މެދު ދާއިރާގެ މެންބަރު އިބޮރާހިމް ރަޝީދު ( ބޮންޑާ) - (ފޮޓޯ - މަޖިލިސް)
ޝެއާރކޮށްލާ ކަހަލަދޯ؟

ގެސްޓު ހައުސް ހިންގާ ރަށް ރަށުން އެހެން ރަށަކަށް ދާ މީހުން ކަރަންޓީނު ވާންޖެހޭ ސަބަބެއް ނެތް ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު(ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ބޮންޑޭ މިހެން ވިދާޅުވީ ގެސްޓް ހައުސް އޮޕަރޭޓްކުރާ ރަށަކުން އެހެން ރަށަކަށް ދަތުރުކުރާނަމަ 14 ދުވަހުގެ ކަރަންޓީން ފުރިހަމަކުރަންޖެހޭ ގޮތަށް އުސޫލަށް ބަދަލު ގެނެއުމާ ގުޅިގެންނެވެ.

އެގޮތުން ބޮންޑޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ އެތެރެވެވެނީ ކޮވިޑް-19 ގެ ޓެސްޓު ނެގެޓިވްވެ ބަލިނެތްކަން ކަށަވަރުވެފައިވާ ޓޫރިސްޓުންނަށް އެކަނި ކަމަށާއި އެކަހެރި ރަށު ވަލުތެރޭ ހޭޅިފަށުގައި ގެސްޓު ހައުސް ހިންގާ ރަށް ރަށުން އެހެން ރަށަކަށް ދާ މީހުން ކަރަންޓީނު ވާންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ކޮވިޑް-19އާ ގުޅޭ ގޮތުން އެޗްޕީއޭއިން ޢާއްމުކޮށްފައިވާ ދަތުރު ފަތުރުކުރުމުގައި ކަރަންޓީންކުރުމުގައި ޢަމަލުކުރަންޖެހޭ އުސޫލުގައި ވަނީ ގެސްޓްހައުސް ހުންނަ ރަށްތަކަކީ ދުނިޔޭގެ އެކި ހިސާބުތަކުން ފަތުރުވެރިން މެދުނުކެނޑި އަންނަ ރަށްރަށްކަމުން ކޮވިޑް-19 ފެތުރުމުގެ ފުރުސަތު އޮތްކަމަށެވެ.

އަދި ގެސްޓް ހައުސްތަކަށް ޒިޔާރަތްކުރާ ފަތުރުވެރިންނަކީ ރަށްރަށުގެ ޢާއްމުންނާއި ގިނައިން ދިމާވާނެ ބަޔަކަށްވާތީ ރަށްރަށުގައި ބަލި ފެތުރުމުގެ ފުރުސަތު ބޮޑުކަމަށާއި އެހެންކަމުން ގެސްޓްހައުސް ހިންގާ ރަށްރަށުގެ މީހުން އެހެން ރަށަކަށްދާނަމަ މިހާރުވެސް ޢަމަލުކުރަމުން އަންނަ އެޗްޕީއޭއިން ޢާއްމުކޮށްފައިވާ “ރަށްރަށުގައި ގޭގައި ކަރަންޓީންވުމުގައި ޢަމަލުކުރަންވީ އުސޫލު”ގައި ބަޔާންކޮށްފައިވާ ގޮތަށް ޢަމަލުކުރުމަށް އެޗްޕީއޭއިން އަންގައެވެ.

މީގެއިތުރުން ރާއްޖޭގައި އޮޕަރޭޓްކުރާ ރިސޯޓުތަކުން ރަށްރަށާއި، މާލެއިން ރިސޯޓުތަކަށް ދިޔުމަށްވެސް 14 ދުވަހުގެ ކަރަންޓީން ފުރިހަމަ ކުރަންޖެހޭގޮތަށް އުސޫލު ވަނީ އިސްލާޙުކޮށްފައެވެ. މީގެތެރޭގައި އަދި އޮޕަރޭޓްކުރަން ނުފަށާ އެހެންނަމަވެސް ރިސޯޓު ހުޅުވުމަށް މަސައްކަތްކުރަމުން އަންނަ ރިސޯޓުތަކުންވެސް މި އުސޫލަށް ޢަމަލުކުރަންޖެހޭނެކަމަށް އެޗްޕީއޭއިން ބުނެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: