ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާސިމްގެ ދިފާއުގައި ޒައިދު: މީހަކު، މީހަކާ އިނަސް، ވަރިކުރިޔަސް އެއީ ބަޔަކާ ބެހޭ ކަމެއް ނޫން!

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އުމުރުން ޅަ ކުއްޖަކާ ކައިވެނި ކުރުމުން މީހަކާ އަމާޒުވަމުންދާ ފާޑުކިޔުމަށް ދީނީ އިލްމުވެރިޔާ އަލީ ޒައިދު ރައްދު ދެއްވައިފިއެވެ.

އުމުރުން 70 އަހަރުގެ ގާސިމް ކައިވެނިކުރައްވާފައި ވަނީ އުމުރުން 21 އަހަރުގެ އދ. މާމިގިއްޔަށް ނިސްބަތްވާ ޒުވާނެއް ކަމަށްވާ ރާނިއާ އަބްދުލް ހާމިދާ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ކައިވެނިކުރައްވާފައި ވަނީ ރޭ ސަން އައިލެންޑް ރިސޯޓްގަ އެވެ. އެކަމަށް ހާއްސަ ހަފްލާއެއް ސަން އައިލެންޑް ރިސޯޓުގައި ބޭއްވި ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.

މިކަމާ ގުޅިގެން ސޯސަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ގާސިމްއަށް އެކި ގޮތްގޮތުން ފާޑުކިޔަމުންނެވެ. އެއްބަޔަކު ބުނާ ގޮތުގައި ގާސިމް އެ އަންހެން ކުއްޖާއާ ކައިވެނި ކުރީ ގްރޫމް ކޮށްގެންނެވެ. އަނެއްބަޔަކު އަންނަނީ ކާފަ އުމުރުގެ މީހަކާ ކައިވެނި ކުރި ކަމަށް ބުނެ އަންހެން ކުއްޖާއަށް މަލާމާތް ކުރަމުންނެވެ.

މި ވާހަކަތަކަށް ރައްދު ދެއްވަމުން ޒައިދު ވިދާޅުވީ މީހަކު މީހަކާ އިނަސް ނުވަތަ ވަރިކުރިޔަސް އެއީ ބަޔަކާ ބެހޭ ކަމެއް ނޫން ކަމަށާއި ކައިވެނީގައި ހިނގާ ކަންކަން ދުރުގައި ތިބޭ މީހުންނަކަށް ނޭނގޭނެ ކަމަށެވެ.

“18 އަހަރުވުމަށް ފަހު ގާނޫނީ ގޮތުން އެ ބޮޑު މީހަކަށްވީ ހިނދު އަމިއްލަ އިހްތިޔާރުގައި ކުރާ ހުއްދަ ކަމަކާ ބެހެން ޖެހޭ ސަބަބެއް ނުވިސްނުން.” ޒައިދު ވިދާޅުވިއެވެ.

ވަރަށް ގަދަ
73%ވަރަށް ގަދަ 9%ވަރަށް ގަޔާވޭ 11%ބޮޑު ޖޯކެއް 1%ހައިރާންވެއްޖެ 1%ވަރަށް ދެރަ 5%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

3 Responses

  1. ތިކަމެއް ނޭގެ. ތިކަހަލަ ޝޭހުންނަށް ވެގެން އުޅޭ ގްރޫޕުން މީހުންގެ އަނބިން ބޮލަށް އެރިގެން ޖަހައިގަނެ ތުނބުޅިލީ ގްރޫޕް މީހުންނާ ކައިވެނި ކޮށްދޭ އިރު. ތިބުނާގޮތަށް ބެހޭކަމެއް ނޫނިއްޔާ މީހުންގެ އަނބިންނާ ނުބެހި ތިބެނވީނު.

  2. އޭ މިހިރަ ގަމާރާ، މައްސަލަޔަކަށްވީ ގާސިމް މީހުންނާ އިންނާތީކީ ނޫން، ކޮންބަލާއެއް 40 މީހުންނާ އިނަސް، މައްސލަޔަކީ މުވައްޒަފުންނަށް މުސާރަ ނުދީ ފަހަރަކު މީހަކާ އިންނާތީ، ޝޭކު އެއީ ދީނުގައި އޮންނަ ގޮތްތޯ، ވަޒީފާގައި މީހުން ގެންގުޅެ އެމީހުންނަށް ހައްގުވާ ފައިސާ ނުދީ އުޅުން. ބައެއް މުވައްޒަފުންނަށް 1000 ރުފިޔާ ދޭތާ 06 މަސްވެއްޖެ، ކިހިނެއް އެމީހުން އަނބިދަރިންނަށް ޚަރަދު ކުރާނީ؟ ޝޭކު އެކަމާ ކީކޭ ބުނަނީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: