ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުނިޔޭގެ ޤުދުރަތީ ނިޒާމަށް ލޮޅުންއަރާފަދަ ކަންކަން ނުހުއްޓުވައިފިނަމަ ބޮޑު ނުރައްކަލެއް ކުރިމަތިވެދާނެ – ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ ގުދުރަތީ ނިޒާމަށް ލޮޅުން އަރާފަދަ ކަންކަމުގެ ސަބަބުން ދިމާވެދާނެ ގުތުރަތީ މުސީބާތްތަކުން ރައްކާތެރިވުމަށްޓަކައި ޤައުމުތައް ގުޅިގެން އެފަދަ ކަންތައްތައް ހުއްޓުވުމަށް މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފިއެވެ.

އދ.ގެ ބަޔޯޑައިވަރސިޓީ ސަމިޓުގައި ތަޤްރީރުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވީ މިވަގުތު ތިމާވެށީގެ ނަޒަރުން ބަލާއިރު ކުރިމަތިވަމުން މިދަނީ ގުދުރަތީ އިންތައް ފަހަނައަޅާގޮސް ގުދުރަތީ ވަޞީލަތްތަކަށް ގެއްލުންވަމުންދިޔުމުގެ ނަތީޖާކަމަށެވެ.

މި ސަމިޓުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މޫސުމަށް އަންނަ ބަދަލުތަލުތައް ކުޑަކުރުމަށާއި، ބޮޔޯޑައިވަރސިޓީ ދެމެހެއްޓުމުގައި ބައިނަލްއަޤްވާމީ ބައިވެރިންނާއެކު ރާއްޖެއިން މަސައްކަތްކުރާނެކަމަށާއި، މޫސުމީ ކަންކަމަށް ރާއްޖެއިން ވަރަށް ބޮޑު އަހައްމިއްޔަތެއް ދޭ ކަމުގައި ވިދާޅުވެފައެވެ. އަދި، މިދިޔަ އަހަރު ބޭއްވި އ.ދ. ގެ 74 ވަނަ ޢާންމު މަޖިލީހުގެ ހަވާސާގައި ރާއްޖެއިން ‘ކްލައިމެޓް ރެޒީލިއަންޓް އައިލެންޑް އިނީޝިއޭޓިވް’ މޮޑެލް ހުށަހެޅީ ވެސް މި ސަބަބަށްޓަކައިކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މި މޭމުރުމުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ‘ކްލައިމެ ޓް ރެޒީލިއަންޓް އައިލެންޑް އިނީޝިއޭޓިވް’ އަކީ ކުދި އެހެން ޖަޒީރާ ޤައުމުތަކަށް ވެސް، ދެމެހެއްޓެނިވި ގޮތެއްގައި ގުދުރަތީ ދިރުންތަކުން މުއްސަނދިވެފައިވާ ސަރަޙައްދުތައް ހިމާޔަތްކުރުމާއި އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް މަދުކުރުމަށާއި ތިމާވެށި ހިމާޔަތްކުރުމުގެ ގޮތުން އިޢާދަކުރަނިވި ހަކަތަ ބޭނުންކުރުންފަދަ ކަންކަންކުރުމުގައި ބޭނުންކުރެވިދާނެ ނަމޫނާ މޮޑެލްއެއްކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދުނިޔޭގެ ކަނޑުތައް ހިމާޔަތްކުރުމަށް ވަކާލާތުކުރާ އަދި އެކަމުގައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއި ގުޅިގެން ރާއްޖޭގެ ކަނޑުތައް ހިމާޔަތްކުރުމުގައި ކުރަމުން އަންނަ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ.

މިގޮތުން ރާއްޖެއިން އަންނަނީ މި ކޯލިޝަނާ ގުޅިގެން ރާއްޖޭގެ ކަނޑުފަޅުތަކުގައި ސައިންޓިފިކް އެކްސްޕެޑިޝަންތައް ކުރިޔަށް ގެންދަމުންކަމަށާއި، މި އެކްޕެޑިޝަންތަކުގެ ނަތީޖާއަށް ރިޢާޔަތްކޮށް، ނޫ އިޤްތިޞާދެއް ބިނާކުރުމުގައި ޤުދްރަތީ ދިރުންތައް ދެމެހެއްޓޭނެގޮތަކަށް ސިޔާސަތުތައް އެކަށައަޅައި ކުރިޔަށް ދިޔުމުގައި ބޭނުންކުރާނެ މެރިޓައިމް ސްޕޭޝަލް ޕްލޭންތައް އެކުލަވާލާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ކޮންމެ އަހަރަކު 8 މިލިޔަން ޓަނުގެ ޕްލާސްޓިކު ކުނި ކަނޑުތަކުން ފެންނަމުންދާކަމުގައި ވިދާޅުވެ، ކަނޑުތައް ޕްލާސްޓިކުން ތަޤައްޔަރުވަމުން ދާތީ އެމަނިކުފާނު ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި، އެމަނިކުފާނު ވިދާޅުވިގޮތުގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ރާއްޖޭގައި ބޭނުންކުރުން 2023 ގެ ކުރިން ހުއްޓާލުމަށް ރާއްޖެއިން އަމާޒު ހިފާފައި ވަނީ ވެސް އަދި އެކުވެރި އެހެން ބައިވެރިންނާ ގުޅިގެން މެރިން ޕްލާސްޓިކް ޕޮލިއުޝަން ހުއްޓުވުމަށް ރާއްޖެއިން އިސްނަގައިގެން މަސައްކަތްކުރަނީ ވެސް މި ސަބަބާ ހުރެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުން ފިލާވަޅު ލިބިގަތުމަށާއި، ތިމާވެއްޓަށް ކަމޭހިތުމަށް ގޮވާލައްވާފައެވެ. އަދި، ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރެން ފެށި ސަބަބުތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ކުރިޔަށް އޮތް ދުވަސްތަކުގައިވެސް އެކަންކަމަށް ސަމާލުކަން ނުދީފިނަމަ މިފަދަ އިތުރު ބިރުވެރި ބަލިމަޑުކަމަކާއި ދުނިޔެއިން ކުރިމަތިލާން ޖެހިދާނެކަމުގެ އިންޒާރު އެމަނިކުފާނު ވަނީ ދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: