ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންނަށް ބާރު ބޭނުންކުރުމުގެ ހުއްދަ އޮތް ނަމަވެސް ފިޔަވަޅު އަޅަން ޖެހޭނީ އޮންނަ އުސޫލުގެ ތެރެއިން: ސީޕީ

ކޮމިޝަނަރ އޮފް މުހައްމަދު ހަމީދު: ސަންގު ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ މުވައްސަސާއަކީ ގާނޫނުތަކުން ބާރުލިބިގެން އެކި ފަރާތްތަކުގެ މައްޗަށް ބާރު ބޭނުންކުރުމުގެ ހުއްދަ އޮންނަ ތަނެއް ނަމަވެސް ކުށްތަކަށް އަރައިގަންނަ ފަރާތްތަކާއި މެދު ފުލުހުން ފިޔަވަޅު އަޅާއިރު ވެސް އެ އޮންނަ މިންގަނޑުގެ ތެރެއިން އެ ފިޔަވަޅެއް އެޅުމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އިލްތިމާސްކުރައްވައިފިއެވެ.

މިއަދު ފާހަަގަކުރާ އިންޓަނޭޝަނަލް ޑޭ އޮފް ނޮން-ވަޔަލަންސްއާ ގުޅިގެން ސީޕީ ދެއްވި މެސެޖެއްގައި ހަމީދު ވިދާޅުވީ މުޖުތަމައުގެ ތެރޭގައި އަނިޔާވެރިކަން އެބަ އޮތް ކަމަށާއި އެގޮތުން ފުލުުންނަށް ރިޕޯޓްކުރާ ކުށްތަކުގެ ތެރޭގައި އެފަދަ ކުށްތައް ހިމެނޭ ކަމަށެވެ.

އަދި އަނިޔާވެރި ކުށްތަކުގެ އަސަރުކުރާ ވަކިވަކި ގޭބިސީތަކާއި ވަކިވަކި ފަރުދުން ހިމެނޭއިރު އެ މީހުންނާއި މެދު އަޅާލާއި އެ މައްސަލަތައް ތަހުގީގުކޮށް އެ ފަދަ އަމަލުތައް ހިންގާ މީހުން ޝަރީއަތުގެ ކުރިމައްޗަށް ހާޒިރުކުރުމަކީ ފުލުހުން ކޮންމެ ދުވަހަކު ކުރަމުން އަންނަ މަސައްކަތެއް ކަމަށް ސީޕީ ވިދާޅުވި އެވެ.

“މިއަދު އަޅުގަނޑުގެ ފުލުހުންނަށް ކުރަން ބޭނުންވާ އެއް އިލްތިމާސް އަކީ ރައްޔިތުންގެ ތެރޭގައި ހިމެނޭ ފަރާތްތަކުގެ ތެރެއިންވެސް ކުށްތަކަށް އަރައިގަންނަ ބައެއް ފަހަރު ވަޔަލަންސްގެ ބޭނުންކުރާ ފަރާތްތަކާމެދު ފުލުހުން ފިޔަވަޅު އަޅާ އެޅުމުގައިވެސް އެ އޮންނަ މިންގަނޑުތަކާއި އުޞޫލުތަކުގެ ތެރެއިން އެ އަޅަންޖެހޭ ފިޔަވަޅު އެޅުން. ޚާއްސަގޮތެއްގައި ފޯސް ޔޫސްކުރުމުގައި އެ ޢަމަލުކުރަންޖެހޭ މިންގަނޑުތަކާ އެއްގޮތަށް ޢަމަލުކުރުން އެއީ އަޅުގަނޑު ކުރާ އިލްތިމާސެއް.” ސީޕީ ހަމީދު ވިދާޅުވިއެވެ.

މީގެ އިތުރުން، ފުލުހުންނަށް ވެސް އަމާޒުކޮށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާކަން ފާހަގަކުރައްވާ ސީޕީ ހަމީދު ވަނީ އަނިޔާއާ ދުރަށް ދިއުމަށް ހުރިހާ ފަރާތްތަކަށް ވެސް ގޮވާލައްވާފަ އެވެ. އަދި މުޖުތަމައަކީ އެންމެނަށް ވެސް ރައްކާތެރި ތަނަކަށް ހެދުމަށް އެންމެން އެކީ މަސައްކަތް ކުރުމަށް ސީޕީ ވަނީ އެދިވަޑައިގެންފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: