ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަރު ކޮމިޝަން އޮތީ “މަރުވެފައި”: އާދަމް ޝަރީފް

ޕީއެންސީ ޕީޖީ ލީޑަރު އާދަމް ޝަރީފް އުމަރު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި މަރު ކޮމިޝަން އޮތީ “މަރުވެފައި” ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ މަރްހޫމު ޑރ. އަފްރާޝީމް އަލީ ރަހުމުކުޑަ ގޮތަކަށް މަރާލިތާ8 އަހަރު ފުރިފައިވާ އިރުވެސް އޭނާގެ މަރަށް އަދިވެސް އިންސާފު ލިބިފައިނުވާތީ “ސަންގުން” ޝާއިރު ރިޕޯޓެއް ހިއްސާ ކުރައްވަމުންނެވެ.

އެގޮތުން އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރު ވަނީ އިންސާފު ހޯދައިދިނުމުގައި ވެސް ބޮޑުތަނުން ފެއިލްވެ، ރައްޔިތުންގެ އިތުބާރު ގެއްލިފައި ކަމަށެވެ.

“ނިވާ ފަތްގަނޑަކަށް މަރު ކޮމިޝަން. ރައްޔިތުންގެ ލާރު ފޫނެއް ފަޔަކަށް އަލަނީ، މަރު ކޮމިޝަން ‘މަރުވެފައި’.” އާދަމް ޝަރީފް ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ ރިޔާސީ ވައުދުގެ ތެރެއިން 17 ނޮވެމްބަރ 2018 ވަނަ ދުވަހުވަނީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށްޓަކައި ޚާއްސަ ކޮމިޝަނެއް އުފައްދަވާފައެވެ. އަދި 2019 ވަނަ އަހަރު ވަނީ ރިޔާސީ ކަމިޝަންތަކަށް ބާރު ދިނުމަށް ގާނޫނެއް ފާސްކޮށްފައެވެ. ބޮޑެތި ފާޑު ކިއުންތައް އަމާޒުވި އެގާނޫނުގެ ދަށުން އަމިއްލައަށް ތަހުގީގުކުރުމާއި ކޮމިޝަނުން އަމިއްލަ އަށް ދައުވާކުރުމުގެ ބާރުވަނީ ލިބިދީފައެވެ.

މަރު ކޮމިޝަނަށް 2 އަހަރު ފުރިފައިވާއިރު، އަދިވެސް އަފްރާޝީމް އާއި އެހެން އެއްވެސް އާއިލާއަކަށް އިންސާފެއް ލިބޭނެ ކަމުގެ އަލިމަގެއް ނުފެނެއެވެ.

މަރު ކޮމިޝަންގެ މަސައްކަތް ކުރިއަށް ނުދާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މި ކޮމިޝަން އުވާލަންޖެހޭކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: