ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލެ މަސް މާރުކޭޓް ހިންގަން ހަވާލުކުރީ މަސްވެރިންގެ ހައްގު ގެއްލޭ ގޮތަށް: ބޮންޑެ

މާފަންނު މެދު ދާއިރާގެ މެންބަރު އިބޮރާހިމް ރަޝީދު ( ބޮންޑާ) - (ފޮޓޯ - މަޖިލިސް)
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ މަސް މާރުކޭޓް ހިންގަން ހަވާލުކުރީ މަސްވެރިންގެ ހައްގު ގެއްލޭ ގޮތަށް ކަމަށް މާފަންނު މެދު ދާއިރާ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.

ބޮންޑެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުޅުމާލޭ މަސްވެރި ކޮމިޔުނިޓީގެ ހައްގުތައް ގެއްލޭ ގޮތަށް ބިޑް އިވެލުއޭޓް ކުރުމަކާ ނުލައި ގުޅިއެއްގެ ތެރެއިން ނެގި ގުރުއަތު ކަރުދާސްކޮޅުގައި އޮތް ކުންފުންޏަކާ ހުޅުމާލެ މަސް މާރުކޭޓް ހިންގަން ހަވާލުކުރުމަކީ ކޯޕަރޭޓް ގަވަނަރންސް އާއި ހިލާފް ކަމެއް ކަމަށެވެ.

ބޮންޑެގެ ޓުވީޓުގައި މަސްވެރިއަކު އެކަމާ ގުޅޭ ގޮތުން ޝުޢޫރު ފާޅުކުރާ ވީޑިޔޯއެއް ވެސް ވަނީ ހިމަނުއްވާފައެވެ. އެ މަސްވެރިޔާ ބުނީ މި މަސައްކަތް އެޗްޑީސީން ވަކި ފަރާތަކާ ހަވާލުކޮށްފައިވަނީ ވަކި މީހަކަށް ނުވަތަ ވަކި ފަރާތަކަށް މަންފާއެއް ހޯދައިދިނުމުގެ ގޮތުން ކަމަށާއި މިއީ ހުޅުމާލޭގައި މަސް ގަންނަ ފަރާތްތަކަށްވެސް ގެއްލުންވާނެ ކަމެއް ކަމަށެވެ.

ހުޅުމާލެ މަސްމާރުކޭޓު ހިންގާނެ ފަރާތެއް ހޯދަން ހުޅުމާލެ ޑޮވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ) އިން އިއުލާނު ކުރީ މި އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

މަސްމާރުކޭޓުގައި މަސްކަނޑާ ހަ އައްޓާއި މަސް އަތުރާ ހަ އަށި ހުރެއެވެ. އެޗްޑީސީން އޭރު ކުރި އިއުލާނުގައި ބުނެފައި ވަނީ މާރުކޭޓު ހިންގުން ބަޔަކާ ހަވާލު ކުރުމަށްފަހު، މަސް ކެނޑުމުގެ ހިދުމަތް ދެވޭނީ އެ ކޯޕަރޭޝަނުން ކަނޑައަޅާފައިވާ އަގުގައި ކަމަށެވެ. އަގު ލިސްޓު އާންމުންނަށް ފެންނާނެހެން ބެހެއްޓުމަކީ ތަން ހިންގާ ފަރާތުގެ ޒިންމާއެއް ކަމަށްވެސް އެޗްޑީސީ އިން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: