ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުގެ ވެރިންގެ އަބުރާ ބެހުނަސް، ދައުވާ ކުރެވިގެެން ނުވާނެ: ފައްޔާޒް

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް--
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގެ މި ދައުރުގައި ސަރުކާރުގެ ފާރާތުން މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ އަބުރުގެ ބިލާއެޖު، ދައުލަތުގެ ވެރިންގެ އަބުރާ ބެހުނަސް، ދައުވާ ކުރެވިގެެން ނުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން މި ދައުރުގައި ޖުމްލަ 28 ބިލެއް ހުށަހެޅުމަށް ހަމަޖެހިފައިވާއިރު، އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލެއް ވެސް ހުށަހަޅުމަށް ވަނީ ހިމަނާފަ އެވެ. އެ ބިލު ނޫސްވެރިނަށާއި މީޑިއާތަކަށް އަމާޒުވެދާނެތީ، އެކަމުގެ ނުތަނަވަސްކަން ވަނީ އުފެދިފަ އެވެ.

އެކަމާ ގުޅިގެން މިނިސްޓަރު ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަބުރާ ބެހުމުން ދައުވާކުރުމުގެ ބާރު ދައުލަތުގެ ތިން ބާރާއި މިނިވަން މުއައްސަސާތަކުގެ އިސްވެރިންނަށް ލިބިގެން ނުވާނެ ކަމަށާއި އެ ފުރުސަތު ލިބެންވާނީ ހަަމައެކަނި އާންމު ފަރުދުންނަށް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ދޮގު މައުލޫމާތު ރަނގަޅުކޮށް މާފަށް އެދުމަށް ދައުލަތުގެ އިސްވެރިއަކަށް ވިޔަސް ދައުވާ ކުރެވިދާނެ ކަމަށް ގަބޫލު ކުރައްވާކަމަށެވެ.

“ދައުލަތުގެ އިސް މަގާމުތައް ގަބޫލު ކުރަން ޖެހޭނީ އެކި ތުހުމަތުތައް އަންނާނެ ކަން އެނގިހުރެ، އެކަމަށް ރުހި ގަބޫލުވެގެން،” ފައްޔާޒު ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރު ތަސްދީގު ކުރި “އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު” އަކީ އޭރު މީޑިއާތަކަށް އަމާޒުކޮށް އެކުލަވާލި ބިލެކެވެ. އެ ގާނޫނުގެ ދަށުން އެތަށް މީޑިއާތަކެއް ވަނީ ބޮޑެތި އަދަދުތަކުން އޭރު ޖޫރިމަނާވެސް ކޮށްފަ އެވެ.

ނަމަވެސް މިދިޔަ ރިޔާސީ އިންތިހާބު ނިމި، 18 ވަނަ ރައްޔިންތުންގެ މަޖިލީހުގައި ވަނީ އެ ގާނޫނު އުވާލާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: