ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ އެކައުންޓްތައް ދޫކޮށްލި މައްސަލައިގެެ ހުކުމް މާދަމާ އިއްވަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއަށް އިތުރު ތުހުމަތުތަކެއްކޮށް ފުލުހަށް ހާޒިރުކޮށްފައިވޭ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް  ބޭންކް އެކައުންޓުތައް ފްރީޒްކޮށްފައިވަނިކޮށް ހައިކޯޓުން ދޫކޮށްލަން ކުރި ހުކުމުގެ މައްސަލައިގެ ހުކުމް މާދަމާ 1:00 ގައި އިއްވުމަށް ސުޕްރީމް ކޯޓުގައި ތާވަލުކޮށްފިއެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުން ބަލާ މި މައްސަލައިގެ އަޑުއެހުންތައް ނިންމާލިކަން އެންމެފަހުން ބޭއްވި އަޑުއެހުމުގައި އިއުލާން ކުރިއިރު އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ ދެން މި މައްސަލައިގައި އޮންނާނީ ހުކުމް އިއްވުން ކަމަށް ވަނީ އިއުލާންކޮށްފައެވެ.

ޔާމީންގެ އެކައުންޓުތައް ފްރީޒު ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލް ކުރުމަށް ހައިކޯޓުން ނިންމީ ޖިނާޢީ އިޖުރާއަތުގެ ޤާނޫގެ 72ވަނަ އަދި 73ވަނަ މާއްދާއަށް ރިއާޔަތްކޮށެވެ.

މި މައްސަލަ ހުކުމާ ހަމައަށް ގޮސްފައިވާއިރު، މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ސާބިތުވެ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ފަސް އަހަރު ޖަލު ހުކުމުގެ އިސްތިއުނާފް ވެސް މިހާރު އޮތީ ހުކުމާ ހަމައަށް އައިސްފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: