ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިތްތަކުގެ ރަސްގެފާނު، ރައީސް ޔާމީނަށް އަނިޔާނުކޮށް ދޫކޮށްލާ: އަދުރޭ

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރައްޔިތުންގެ ހިތްތަކުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އަނިޔާނުކޮށް މިހާރުން މިހާރަށް މިނިވަން ކުރުމައް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ސަރުކާރަށް ގޮވާލައިފިއެވެ.

އަދުރޭ މިފަދައިން ވިދާޅުވެފައި މިވަނީ ސުޕްރީމް ކޯޓުން މިއަދު ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ ގާނޫނާ ހިލާފަށް ކަނޑައަޅާ، އެމަނިކުފާނުގެ އެކައުންޓްތައް މިހާރު ވަނީ ދޫކޮށްލުމައް އަމުރުކުރުމާއި ގުޅިގެންނެވެ.

މިއަދު އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އަދުރޭ ވިދާޅުވީ ރައީސް ޔާމީނަށް ކުރަމުންދާ އަނިޔާތައް ނިމުމަކަށް ގެނެސް، އެމަނިކުފާނު މިހާރުން މިހާރަށް މިިނިވަން ކުރުމަށް ކަމާބެހޭ އިދާރާތަކަށް ގޮވާލާ ކަމަށެވެ

މީގެ އިތުރުން އަދުރޭ ވިދާޅުވީ ރައީސް ޔާމީން އަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީގެ ލީޑަރުގެ އިތުރުން މި ގައުމު މިއަދު ދެކެމުންދާ ތަރައްގީ ހޯއްދަވައި ދެއްވި މި ގައުމުގެ ރައްޔިތުންގެ ހިތްތަކުގެ ރަސްގެފާނުކަމަށެވެ.

ކޯޓުގެ ހުކުމާއެކު ޔާމީނަށް މި ސަރުކާރުން އަނިޔާ ކުރާކަން ކަށަވަރުވެފައިވާ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: