ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

8 މީހުންނާއެކު ދަތުރުކުރި ބޯޓެއްގެ އިންޖީނު ހުއްޓިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

މ. ކޮޅުފުށިން ތ. ވިލުފުއްޓަށް ދަތުރުކުރަމުންދިޔަ ބޯޓެއްގެ އިންޖީނު ހުއްޓުމާއި ގުޅިގެން އެމްއެންޑީއެފުން އެހީތެރިވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ 8 މީހުންނާއެކު ދަތުރުކުރަމުންދިޔަ “އިސްގުބާރު” ބޯޓުގެ އިންޖީނު ހުއްޓި ދިޔަވާ ކަމުގެ ރިޕޯޓު މިއަދު ހެނދުނު 7:33 ހާއިރު ލިބިފައިވާ ކަމަށެވެ.

މި ރިޕޯޓު ލިބުމާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ކޯސްޓްގާޑުގެ ސްކޮޑްރަންގެ އެހީތެރިކަމާއެކު އެ ބޯޓު ކޮޅުފުއްޓައް ވައްދާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބަށް މޫސުން ގޯސް ދުވަސްވަރެއް ކަމަށްވާއިރު، ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: