ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެކްނޮލޮޖީ މިނިސްޓްރީއަކީ ވަޅުދިޔަ ހިއްކާ ތަނެއް: ބޮންޑޭ

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީއަކީ ވަޅު ދިޔަ ހިއްކާ ތަނެއް ކަމަށް މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮންލައިން ޕޭމަންޓް ސިސްޓަމްގެ ބިލަށް ބަހުސް ކުރައްވަމުން ބޮންޑޭ ވިދާޅުވީ ރާއްޖޭގައި މި ނިޒާމު ހަރުދަނާ ގޮތެއްގައި ހިންގުމަށް އިންޓަނެޓްގެ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރަންޖެހޭ ކަމަށާއި އިންޓަނެޓް ސްލޯވުމަކީ ގިނަ ރައްޔިތުންގެ ޝަކުވާއެއް ކަމަށެވެ.

އޮންލައިން ޕޭމަންޓްތަކަށް ރައްކާތެރިކަން ދެވޭނީ ސައިބާ ސެކިއުރިޓީ ގާނޫނާއި ޑޭޓާ ރައްކާތެރި ކުރުމުގެ ގާނޫނުތައް ވުޖޫދަށް ގެނެސްގެން ކަމަށ ބޮންޑޭ ވިދާޅުވިއެވެ. އެހެންވެ، “ވަޅު ދިޔަ ހިއްކާ މިނިސްޓްރީން” އެ ބިލްތައް މަޖިިލީހަށް ފޮނުވައިދޭން އެދިވަޑައިގަންނަވާ ކަމަށާއި އެ ބިލްތައް ނެތުމުން ރައްކާތެެރިކަމެއް ނެތް ކަމަށް ބޮންޑޭ ވިދާޅުވި އެވެ.

“އެހެން ނަމަވެސް ދާދިފަހުން ވަޒީރަކު އަރާ، ވަޅުދިޔަ ހިއްކާ ވަޒީރެއް، އަރާ ބުނުއްވީ މުޅި ރާއްޖެ އަށް ފައިބަރ އޮޕްޓިކް ކޭބަލް ގުޅައިފީމޭ. ކޮންތާކަށްތޯ ގުޅީ؟ ކޮން ރަށެއްގަތޯ؟ ވަޅަށް ގުޅާފައި ހުރީ ފައިބަރ އޮޕްޓިކް ކޭބަލް” ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ކޮންމެ ވުޒާރާއަކާ މަސައްކަތްތަކެއް ހަވާލުކޮށްފައިވާ ކަމަށާއި އަދި ކޮމިއުނިކޭޝަން މިނިސްޓްރީ އަށް ކަންތައްތަކެއް ކުރަން އަންގައި މަޖިލީހުން މިދިޔަ ޖޫން މަހު ގަރާރެއް ފާާސްކޮށްފައިވާއިރު އެ ގަރާރުގައިވާ ކަންތައްތައް ވެސް އެ މިނިސްޓްރީންކޮށްފައި ނުވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: