ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންގެ ޖީބަށް ޑޮލަރު ވަންނަން ހުރި ހުރިހާ ދޮރެއް ހުޅުވާލަން ޖެހޭ: މައުސޫމް

ޓުއަރިޒްމް މިނިސްޓަރ ޑރ އަބްދުﷲ މައުސޫމް-- ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރަށްރަށުގައި ފަތުރުވެރިކަން ކުރިއަރުވައި ރައްޔިތުންގެ ޖީބަށް ޑޮލަރު ވަންނަން ހުރި ހުރިހާ ދޮރެއް ހުޅުވާލަން ޖެހޭ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ “ސަރުކާރު” ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ ރާއްޖެއަކީ މަންޒިލްގެ ގޮތުންނާއި ފަތުރުވެރިކަމުގައި ރާއްޖޭގައި ހުރި ބާވަތްތަކުގެ ގޮތުން ދުނިޔޭގެ އެހެން ގައުމުތަކަށް ވުރެ ކުރިއެރޭނެ ގައުމެއް ކަމަށެވެ. އަދި ރަށު ފަތުރުވެރިކަން ކުރިއަރައި ދިޔަޔަސް، ރާއްޖެއަކީ އަގުބޮޑު، ލަގްޒަރީ މަންޒިލެއްގެ ގޮތުގައި އޮތުމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ވިދާޅުވިއެވެ.

“ރައްޔިތުންގެ ޖީބަށް ޑޮލަރު ވަންނަ ރަށު ޓޫރިޒަމް ކުރިއަށް ދިއުމަކުން، ރާއްޖޭގެ ލަގްޒަރީ އިމޭޖެއް ނުގެއްލޭނެ. ހަމަ އެންމެ މަތީ ފިލްމްސްޓާރުން އެންމެ މަތީ ފުޓުބޯޅަ ޕްލޭޔަރުން އެކި ގޮތްގޮތުން އެކި މުއްސަނދިންވެސް ރާއްޖެ އައިސްފައި އެބޭފުޅެއްގެ ބުލެޓުގައި ހުރި ފެންވަރަކުން ލާރި ހަރަދުކުރާނެ ބޮޑެތި ރިސޯޓުތަކުގައި ހުންނަން.” މިނިސްޓަރު ވިދާޅުވިއެވެ.

އުސޫމް ވިދާޅުވީ , ގެސްޓު ހައުސްތަކާއި ސަފާރީ ތަކުގެ އިތުރުން ރިސޯޓް ތަކުން މިހާތަނަށް ފަތުރުވެރިންނަށް 28,000 އެނދު ހުޅުވާލެވިފައިވާ ކަމަށެވެ.

ފަތުރުވެރިންނަށް ރާއްޖެ އަލުން ހުޅުވާލުމަށް ކުރާ މަސައްކަތުގައި, ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ދެއްވަމުން ގެންދަވާ އެއްބާރުލުން ފާހަގަ ކުރައްވާ މިނިސްޓަރ މައުސޫމް ވަނީ އެ ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ.

މީގެ އިތުރުން މައުސޫމް ވަނީ ފަތުރުވެރިކަމަށް އަލުން ރާއްޖެ ހުޅުވާލާފައިވާއިރު, އެޗްޕީއޭގެ ގައިޑްލައިން ތަކަށް ހުރިހާ މަސައްކަތެއްވެސް ކުރުމަށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ވަރަށް ބޮޑު ސަމާލުކަމެއްދޭކަން ފާހަގަ ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: