ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހެލްތު މިނިސްޓަރު ކަމަށް ނަސީމް އައްޔަން ކުރައްވައިފި

ހެލްތް މިނިސްޓަރ ކަމުގެ މަގާމަށް އަހުމަދު ނަސީމް އައްޔަން ކުރައްވައި ފަތްކޮޅު ހަވާލު ކުރައްވަނީ: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ހެލްތު މިނިސްޓަރުގެ މަގާމަށް އަހުމަދު ނަސީމް (ކެރަފާ ނަސީމް) މިއަދު އައްޔަން ކުރައްވައިފިއެވެ.

އެކަން ހާމަކުރައްވާފައި ވަނީ ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދެވެ. އެގޮތުން ހޫދު ވިދާޅުވީ ނަސީމް އެ މަގާމަށް އައްޔަން ކުރައްވައި ފަތްކޮޅު ދެއްވާފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. ނަސީމް މީގެކުރިން ހުންނެވީ ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައެވެ.

އަޙްމަދު ނަސީމް ހެލްތު މިނިސްޓަރުގެ މަޤާމުގެ ހުވައިކުރެއްވުމާއި، އެ މަނިކުފާނަށް މަޤާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

އެ މަނިކުފާނަށް ހުވައިލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޙުސްނުއްސުޢޫދެވެ. ހުވައިކުރެއްވުމަށްފަހު، އަޙްމަދު ނަސީމް ވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި ސޮއިކުރައްވާފައެވެ.

ހެލްތު މިނިސްޓަރުގެ މަޤާމާއި ހަވާލުވެވަޑައިގެންނެވުމުގެ ކުރިން އަޙްމަދު ނަސީމް ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުގެ މަޤާމުގައެވެ. އެ މަނިކުފާނު ވަނީ، 2011 ވަނަ އަހަރު މާރިޗު މަހުގެ 21 ވަނަ ދުވަހުން ފެށިގެން 2012 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 07 ވަނަ ދުވަހުގެ ނިޔަލަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަޤާމު ފުރުއްވާފައެވެ. އަދި އޭގެ ކުރިން އަޙްމަދު ނަސީމް ވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒްގެ މަޤާމު ވެސް ފުރުއްވާފައެވެ. އެ މަނިކުފާނު ސަރުކާރުގެ ޚިދުމަތާއި ގުޅިވަޑައިގަތީ 1966 ވަނަ އަހަރުއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެ ގެންނަން މަސައްކަތް ކުރި ވެންޓިލޭޓަރުތަކުގެ މުއާމަލާތުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިމެނޭކަން އޮޑިޓަރ ޖެނެރަލްގެ ނެރުއްވި އޮޑިޓް ރިޕޯޓުން ފާހަގަކުރެއްވުމުން  އޭސީސީން އެ މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު އަމީން އާއެކު އެ މިނިސްޓްރީގެ 11 ބޭފުޅެއްގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވުމުން އެ އޮފީހުން ވަނީ ހެކި ނެތް ކަމަށް ބުނެ އެ މައްސަލަ އަނބުރާ ފޮނުވާލާފައެވެ.

ޕީޖީގެ މި ނިންމުމާއެކު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ފަރާތުން މިދިޔަ އަންގާރަ ދުވަހު ވަނީ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލައެއް 24 މެމްބަރުންގެ ސޮޔާއެކު މަޖިލީހަށް ވައްދާފައެވެ. އަމީން އިސްތިއުފާ ދެއްވާފައިވަނީ އެ މައްސަލަ ވައްދައި އަމީނަށް ނޯޓިސް ފޮނުވާފައިވަނިކޮށެވެ..

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: