ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ބަޑި ބުރާސްފަތި” ޖަލްސާ ވާޗުއަލްކޮށް ބާއްވަން އެޗްޕީއޭއިން ވަނީ އަންގާފައި: އިދިކޮޅު

ޝެއާރކޮށްލާ ކަހަލަދޯ؟

ނޮވެމްބަރު 3 ފާހަގަކުރުމަށް “ބަޑި ބުރާސްފަތި” ގެ ނަމުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން އަންނަ އަންގާރަ ދުވަހު މާލޭގައި ބޭއްވުމަށް ހަމަޖައްސާފައިވާ ޖަލްސާ ވާޗުއަލްކޮށް ބޭއްވުމަށް ހެލްތު އެޗްޕީއޭ އިން އަންގާފައިވާ ކަމަށް އިދިކޮޅުން ބުނެފިއެވެ.

ޖަލްސާއާ ގުޅޭ އެންމެފަހުގެ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ ޖަލްސާ ބޭއްވުމަށް ކާނިވާ ސަރަހައްދަށް އެދުމުން އެ ހުއްދަ ދެވެން ނެތް ކަމަށް މާލޭ ސިޓީ ކައުންސިލުން އަންގާފައިވާ ކަމަށެވެ.

އަދި މި ޖަލްސާ ބޭއްވުމާ ގުޅޭގޮތުން އެޗްޕީއޭ އަށް ފޮނުވި ސިޓީގެ ޖަވާބުގައި އެ ޖަލްސާ ވާޗުއަލްކޮށް ބޭއްވުމަށް އަންގާފައިވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ. މި ދެ އިދާރާ އިން ދިން ޖަވާބުތަކާއެކު މި ޖަލްސާ ދެން ބާއްވާނީ ޕީޕީއެމް އޮފީހުގެ ކުރިމަތީގައި ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ ކުންފުނިތަކުގެ އިސްވެރިން އަތޮޅުތަކުގެ ރަށްތަކަށް ދަތުރު ކުރުމަށް އެޗްޕީއޭ އިން ހުއްދަ ދޭ ކަމަށާއި އެ ދަތުރުތައް ކުރުމުގެ ބަދަލުގައި އެ ފަރާތްތަކަށް ވެސް ވާޗުއަލްކޮށް އެ ބައްދަލުވުންތައް ބާއްވަން ގޮވާލާ ކަމަށެވެ.

މި ޖަލްސާ އޮންނާނީ އެ ދުވަހުގެރޭ 8:00 ގައި ކާނިވާ ސަރަހައްދުގައި ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: