ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހި ވިޔަފާރިވެރިންނާއި ދަރިވަރުންނަށް އިންޑިއާއަށް ދިޔުމަށް ލުއިތަކެއް

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ދަރިވަރުންނާއި ވިޔަފާރިވެރިންނަށް އިންޑިއާއަށް ދިޔުމަށް ލުއިތަކެއް ދިނުމަށް ނިންމައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ކޯވިޑް-19 އާ ގުޅިގެން އިންޑިއާގެ ބޯޑަރު ބަންދުކޮށްފައި އޮތް ނަމަވެސް އެޤައުމަށް ދަތުރުކުރުމުގައި ދިވެހިންނަށް އަނެއްކާވެސް ލުއިތަކެއް ދިނުމަށް އިންޑިއާ ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި، ދިވެހި ކިޔަވާކުދިންނާއި އެކުދިންގެ ޢާއިލާއަށާއި، ދިވެހި ވިޔަފާރިވެރިންނަށް ވިޒާ ދިނުމުގައި ލުއިތަކެއް ދިނުމަށް އިންޑިއާއިން ނިންމުމާގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށާއި، އެ ޤައުމުގެ މިނިސްޓަރ އޮފް އެކްސްޓަަރނަލް އެފެއާޒް ސުބްރަމާނިޔަމް ޖެއިޝަންކަރަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އަދި ދިވެހިންނަށް އިންޑިއާއިން މިހާރުވެސް މެޑިކަލް ވީޒާ ދޫކުރާކަން ފާހަގަކުރައްވާ، ނިއުނޯމަލްގެ މި ޙާލަތުގައި ދެ ޤައުމުގެ ދެމެދު ދޭދޭ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ޤައުމުގެ ސަރުކާރުންވެސް މަސައްކަތްކުރަމުންދާކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މިހާރުވެސް ހާއްސަ ހުއްދައެއްގެ ދަށުން ބޭސް ފަރުވާއަށް އިންޑިއާއަށް ދާން ބޭނުންވާ ދިވެހިންނަށް ދަތުރުކުރުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: