ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަންދު މުއްދަތު ޖަހާ މަޖިލިސް ކުރިއަށް ގެންދާނެ އުސޫލެއް އެކުލަވާލަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ބަންދު މުއްދަތު ޖަހާ މަޖިލިސް ކުރިއަށް ގެންދާނެ އުސޫލެއް އެކުލަވައިލުމުގެ މަސައްކަތް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަށައިފި އެވެ.

ޖޭއެސްސީން މިއަދު ބޭއްވި އެކޮމިޝަނުގެ ބައްދަލުވުމުގައި ވަނީ ކްރިމިނަލް ކޯޓުގައި އެކި ކުށުގައި ބަންދުކުރެވޭ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ބާއްވާ މުއްދަތު މަޖިލިސްތަކަށް ފަނޑިޔާރުން ހަމަޖެއްސުމުގައި އަމަލުކުރާ އުޞޫލާއި، އެ މަޖިލިސްތައް ޝެޑިއުލްކުރުމާއި، އެޝެޑިއުލާ އެއްގޮތަށް ޝަރީއަތަށް ޙާޒިރުވުމަށް ފަނޑިޔާރުން އުޒުރުވެރިވާ ހާލަތްތަކުގައި ފަނޑިޔާރުން އަމަލުކުރުމަށް ކަނޑައަޅާފައިވާ ގޮތާއި، ބަންދާއި މެދު ގޮތެއް ނިންމާ މަޖިލިސްތަކަށް ހަމަޖެހިފައިވާ ފަނޑިޔާރުން ބަދަލުކުރުމުގައި ޢަމަލުކުރާގޮތުގެ އުޞޫލާ ގުޅޭ މަޢުލޫމާތު ހޯދައި ދިރާސާކުރުމަށް ނިންމާފައެވެ.

ޖޭއެސްސީން ކްރިމިނަލް ކޯޓުގެ މުއްދަތު މަޖިލިސް ކުރިއަށް ގެންދާގޮތް ބަލައި ދިރާސާކުރުމަށް ނިންމާފައިވާއިރު ހުޅުމާލޭ ފަޅުތެރޭގައި އޮތް ކަންނެލި ދޯންޏަކުން 130 ކިލޯގެ މަސްތުވާތަކެތި ފެނުނު މައްސަލަގައި ހައްޔަރުކުރި ޝަހީބް އިބްރާހީމް ދޫކޮށްލަން ކްރިމިނަލްކޯޓުން ނިންމި ނިންމުން އިސްތިއުނާފުކުރަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުންވެސް ވަނީ ނިންމާފައެވެ.

މީގެ އިތުރުންވެސް ބައެއް ބޮޑެތި ގިނަ މައްސަލަތަކުގައި ޝާމިލުވާ ފަރާތްތައް ކްރިމިނަލް ކޯޓުން ދޫކުރަމުންދާތީ އެކަމުގައި ޝަރީއަތް ކުރިއަށްދާ ގޮތް ބަލަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައިވެސް ބައެއް މެމްބަރުން ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: