ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑަށް ކުރި ހަރަދުތައް 2.6 ބިލިއަން ރުފިޔާ އަށް

އޭނާ ނިޔާވިއިރު އޮތީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި. ފޮޓޯ:ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް19 އާއި ގުޅިގެން މިހާތަނަށް ރާއްޖޭގެ ސަރުކާރުން ކުރި ހަރަދު 2.6 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ސިއްހީ ކަންކަމަށް 1.2 ބިލިޔަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

އެއީ މިދިޔަ މަހުގެ 29 ވަނަ ދުވަހާ ހަމައަށެވެ.

އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީންނެވެ. އެ ސެންޓަރުން 787.4 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

ދެވަނަ އަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވާ ހެލްތު މިނިސްޓްރީންނެވެ. 203.8 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

ޑިޒާސްޓާ މެނޭޖުމަންޓު ފަންޑުން މިހާތަނަށް 84.1 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާއިރު ޕްލޭނިން މިނިސްޓްރީން ވަނީ 37 މިލިއަން ރުފިޔާ ހަރަދު ކޮށްފައެވެ.

އަދި ޓޫރިޒަމް އެކްޓިވިޓީސް އިމްޕްލިމެންޓޭޝަން ފަންޑުން 28.9 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާއިރު އެންމެ ބޮޑު ހަރަދެއް ކޮށްފައި ވަނީ މިބައްޔަށް ފަރުވާ ކުރަން ބޭނުންވާ ތަކެއްޗާއި، ޓެސްޓު ކިޓާއި ޕީޕީއީ ހޯދުމަށެވެ

އެގޮތުން 521.8 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

ވެންޓިލޭޓަރުތައް ހޯދުމަށާއި، ކަރަންޓީން ފެސިލިޓީތަކާއި އައިސޮލޭޝަން ފެސިލިޓީތައް ތަރައްޤީކުރުމަށް  198.2 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: